އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   1 މާރިޗު 2021 - 17:58
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ މައްސަލައެއް ނެތް ކަމަށާއި މަލީހް ވަކި ކުރަން އުޅެނީ މަސައްކަތް ނުކުރައްވާތީ ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ޕޮލިސް ކަމިޝަނަރ ރިޔާޒް ވިދާޅުވީ ގަވާއިދެއް ނަހަދައިގެން ކަމަށް ބުނެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގައި މަގާމުން ވަކިކުރުމަށް ކުރަމުން ގެންދާ މަސައްކަތަކީ ގަބޫލު ކުރެވޭ މަސައްކަތެއް ނޫން ކަމަށެވެ.

ރިޔާޒް ވިދާޅުވީ މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކީ "ސިޔާސީ ކަމެއް"ކަމަށާއި މިނިސްޓަރު މަލީހަކީ ވަރަށް އިޚްލާސްތެރި އަދި ވަޒީރު ކަމަށް ގާބިލް ބޭފުޅެއް ކަމަށެވެ. ވަޒީރު ކަމުގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ވަޑައިގެންފައިވާ މަލީހް ޒިންމާ އަދާ ނުކުރައްވާ ކަމަށް ރައީސްގެ ފަރާތުންނާއި އަދި ސަރުކާރުގެ ފަރާތުން ވެސް ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާ ހަމައަށް އައިސްފައި ނުވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"މަލީހް ވަކި ކުރުމަށް މަޖިލީހުން ކުރާ މަސައްކަތަކީ އަޅުގަނޑު ގަބޫލު ކުރާނެ ކަމެއް ނޫން، އިތުބާރު ނެތް ކަމަށް ސަރުކާރުން މިހާތަނަށް ވެސް ވިދާޅުނުވާ ކަމެއް، މަޖިލީހުގައި ކުރާނީ ސިޔާސީ މަސައްކަތެއް، ސިޔާސީ ގޮތުން މަލީހާ ދޭތެރޭ ކަންކަން ކުރަނީ، މަލީހް މަސައްކަތެއް ނުކޮށްގެން ނޫން ވަކިކުރަން މި އުޅެނީ،" ރިޔާޒު ވިދާޅުވިއެވެ.

މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައިވަނީ ކޮމިއުނިކޭޝަން މިނިސްޓްރީއިން އެކުލަވާލަން ޖެހޭ ގަވާއިދުތައް މިނިސްޓަރު ކަމުގައި މަލީހް މިހާތަނަށް ހުންނެވި ދެ އަހަރު ދުވަހުގެ މުއްދަތުގައި ވެސް އެކުލަވާލެވިފައި ނުވާ ކަމަށެވެ.

މިކަމަށް މަޖިލީހުގެ ތަޅުމުގައި 2 ގަޑިއިރު މެމްބަރުން ބަހުސް ކުރެއްވުމަށްފަހު މަލީހުގެ އިތުބާރުނެތްކަމުގެ ވޯޓު މިއަދު 1:00 ގައި ނަގާނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


14

ކިނބޫ

06-Mar-2021

އަނގަ ނުފަޅާ ބާޣީ. ކަލޭމެން ތީ ރައްޔިތުން ބޮލަށް ގުއި ރީފަ ތިބި އާލާތުން. އެބަ ރީތިވޭނު މިހާރު. ހަމަ ރަނގަޅަށް ވަމުން ދަނީ.



ޓްރެންޑިން