ސަރުކާރުގެ ވަޒީރެއްގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭ ނަމަ އޭނާއަށް އެންމެ ފުރަތަމަ ފިޔަވަޅު އަޅުއްވަން ވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ،

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އެހެން ވިދާޅުވެފައިވަނީ، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު، އެ މަގާމުން ވަކި ކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައި ވަނިކޮށެވެ.

ޖޭޕީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވި މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުގައި މިއަދު ނެގުމަށް ތައްޔާރުވެފައިވާއިރު އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ އިސް މަގާމެއްގައި ހުރި ބޭފުޅަކު މަގާމުން ވަކިކުރާ ނަމަ ވަކިކުރަން ވާނީ މަގުބޫލު ސަބަބެއް ދައްކަވާފައި ކަމަށެވެ. އަދި ވަޒީރުގެ މަސްއޫލިއްޔަތު ނުއުފުއްލަވައިގެން ރައީސް ނުވަތަ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅުއްވަނީސް މަޖިލީހުން ވަޒީރާ ދެކޮޅަށް ފިޔަވަޅު އަޅުއްވާ ނަމަ އެ ފިޔަވަޅު އެޅުއްވެނީ ސަރުކާރާ ދެކޮޅަށް ކަމަށް އަމީން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އަމީން އިތުރަށް ވިދާޅުވީ ޒާތީ ގޮތުން ދައުލަތުގެ މަގާމުތަކާ ކުޅުއްވާ ނަމަ އެކަމަކީ އެކަންކުރާ ބަޔަކަށް މާދަމާ އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް ނުވެ ހިނގައިދާނެ ކަމަށެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް

ވިދާޅުވީ މަލީހަކީ ކަންކަން ކުރެއްވޭނެ އިލްމީ ޤާބިލުކަން ހުރި ބޭފުޅެއް ކަމަށާ އެކަމަކު ކަންކަން ކުރެވޭނީ ވަސީލަތްތައް ހުރެގެން ކަމަށެވެ.

ޤާސިމް ވިދާޅުވީ މަގާމެއްގައި އަދި މީހަކު ހުއްޓަސް ކަންކަން ނުކުރެވޭނެ ކަމަށާއި ކަންކަން ވާނީ އެކަންކަން ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އިހުތިޔާރާއި އެކު ފައިސާވެސް ލިބިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ކިނބޫ

02-Mar-2021

ރައީސެއް ހުރިއްޔާއެއްނު. މި ގައުމުގަ އެބަހުރިތަ ތިކަހަލަ އެއްޗެއް!?



ޓްރެންޑިން