އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   1 މާރިޗު 2021 - 19:0
ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ދޭ ވެކްސިން ޢުމުރުން 20 އަހަރުން މަތީގެ މީހުންނަށް ދޭން ފަށައިފިއެވެ.

20 އަހަރުން މަތީގެ މީހުނަށް އަދި ވެކްސިން ދެމުން ގެންދާނީ ހަމައެކަނި މާލެ ސަރަޙައްދުގައިކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

ފެބުރުއަރީމަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ވެކްސިންދޭން ފަށާފައިވާއިރު މިވީ އެއްމަސްދުވަހުގެ ތެރޭގައި އާބާދީގެ 111415 މީހުން ވަނީ ވެކްސިން ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަޙައްދުން ވެކްސިން ޖެހި 75163 މީހުންނާއި އަތޮޅުތެރޭގައި ވެކްސިން ޖެހި 36252 މީހުންނެވެ.

މިވަގުތު ރާއްޖޭގައި ވެކްސިން ޖަހަމުން އަންނަ ކެޓަގަރީތަކަށްބަލާއިރު އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާގައި ހިމެނޭ ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ ހައިރިސް މީހުންނާއި 60 އަހަރުން މަތީގެ ހުރިހާ މީހުންނަށްވަނީ ވެކްސިން ދީފައެވެ.

ކޮވިޑްގެ ދިފާޢީ ވެކްސިން ޖެހި ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ނާޅާނަމަ ބަލި ޖެހުމުގެ ފުރުސަފު ބޮޑުކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ނަމަވެސް ވެކްސިން ޖެހުމުން ބަލި ޖެހުނަސް ބޮޑުވަރު ނުވެ، ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭން ޖެހޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެ ބަލީގައި ފުރާނައަށް ގެއްލުންވާ މިންވަރަށް ދިއުމުގެ ފުރުސަތު ވެސް ވަރަށް ކުޑައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ހުށައެޅެމުންދާ ޒުވާނުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު ޒުވާނުންގެ ތެރެއިން ވީހާވެސް ގިނަބަޔަކު ވެކްސިން ޖެހުމަށް އިސްކަން ދިނުމަށް އެޗްއީއޯސީން އިލްތިމާސްކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން