ރައީސް ނަޝީދަކީ ބަދަލު ހިފުމާއި ޒާތީވުމަށް ފެންބޮވައިގެންފައިވާ އެފަދަ ދެވަނަ އެއް ނެތް ފަދަ ޚުދުމުހުތާރު ބޭފުޅެއް ކަމަށް އިދިކޮޅު އިއްތިހާދުގެ އެޑްވައިޒަރު އަދި ރައީސް ޔާމިންގެ ދިފާއީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި އޭނާ މަގާމުން ވަކިކުރެއްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މަލީހުގެ އިތުބާރުނެތްކަމުގެ ވޯޓުގެ މައްސަލައިގައި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާ ޖަމީލު ވިދާޅުވީ ބާރު ލިބިވަޑައިގަތުމުން ރައީސް ނަޝީދު މިހާރު ބަދަލުވެފައިވަނީ "ދައްޖާލަކަށް" ކަމަށެވެ. އަދި ރައީސް ސޯލިހުގެ ފިނޑިކަމާ ނާގާބިލުކަން ފަޅާ އަރާ ނިމިއްޖެ ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ.
މަލީހުގެ އިތުބާރު ނެތް ކަމަށް ކަނޑައަޅާ 59 މެމްބަރުންގެ ވޯޓާއެކު އިއްޔެ މަލީހުވަނީ މަޤާމުން ވަކިކޮށްފައެވެ. މަލީހު މަގާމުން ވަކިކުރީ ހައްދަވަން ޖެހޭ ގަވާޢިދު ތަކެއް ދެއަހަރު ވެގެން ދިޔައިރުވެސް ނުހަދައި އޮތުމުން ކަމަށް ބުނެއެވެ.
މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވަމުން މަލީހު އިއްޔެ ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މިހާތަނަށް ހުރިހާ އިޖުރާއަތްތަކެއް ވެސް ކުރިއަށް މިދަނީ ދޮގާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން ކަމަށެވެ.
މަލީހުގެ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ،ސަރުކާރުގެ ވަޒީރެއްގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭ ނަމަ އޭނާއަށް އެންމެ ފުރަތަމަ ފިޔަވަޅު އަޅުއްވަން ވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެމްޑީޕީގެ ގިނަ މެމްބަރުންގެ ނުރުހުން މަލީހު އަށް އަމާޒުވި އިރު ޕީޕީއެމް ބައެއް މެމްބަރުން ވިދާޅުވީ މަލީހު މަގާމުން ވަކި ކުރަނީ ކޮންމެހެން އޭނާ ކުރަށްވަން ޖެހޭ ކަމެއް ނުކޮށްގެން ނޫންކަމަށެވެ. އިދިކޮޅު ބައެއް މެންބަރުން ވިދާޅުވީ ފެއިލްވެގެން އުޅެނީ މަލީހު ނޫން ކަމަށާއި ފެއިލްވީ ސަރުކާރު ކަމަށެވެ.
އިދިކޮޅު މެންބަރުންގެ މިވާހަކަ ތަކާއި ގުޅިގެން މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިޝާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު މަލީހުގެ ދިފާއުގައި އެއްޗެއް ވިދާޅުނުވާއިރު ޕީޕީއެމް ބޭފުޅުން މަލީހު ދިފާޢު ކުރަށްވަނީ ޑރ. ޖަމީލު ވިދާޅުވެގެން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު