ރާއްޖޭގެ ސިޔާސީ މަސްރަހަށް އިސްލާހީ ސިޔާސީ މޫވްމަންޓެއް އުފަންވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް ކަށަވަރުކުރެވޭ ފަދަ ޓްވީޓެއް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ކުރައްވައިފިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ސިޔާސީ މަސައްކަތްތަކެއް ކުރުމަށް ސިޔާސީ އިސްލާހީ މޫވްމަންޓެއް އުފަން ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް "ރަސް އޮންލައިން"އިން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ރިޕޯޓްކޮށްފައެވެ.

މި މޫވްމަންޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި ރައީސް ޔާމިން ސަރުކާރުގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނާއި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. ޑީޑީއާއި ކުރީގެ ކެޕްޓަން އަލީ އިހުސާނާއި ޑރ. ސަޢުދާއި ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަންސް މުނާޒާއި އިލެކްޝަން ކޮމިޝަންގެ ކުރީގެ މެންބަރު ފަޔާޒުގެ އިތުރުން މަޝްހޫރު ބައެއް ވިޔަފާރިވެރިންނާއި އެމްއެންޑީއެފްގެ ރިޓަޔާޑް ބައެއް ބޭފުޅުންނާއި ޢިލްމީ ގާބިލު ގިނަ ބޭފުޅުންތަކެއް މި ހަރަކާތުގައި ހިމެނޭކަމަށް "ރަސް އޮންލައިން" އަށް ވަނީ ކަށަވަރުވެފައެވެ.

ކުރީގެ ޚާރިޖީ ވަޒީރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިއަދު ވަނީ މިވާހަކަތަކަށް ބާރު ލިބޭ ފަދަ ޓްވީޓެއްކުރަށްވާފައެވެ. އެ ޓްވީޓްގައި ވަނީ "ޑީއެންއޭ" ގެ ނަމުގައި، ދިވެހި ދިދައާއި ރާއްޖޭގެ ޗާޓު ފެންނަ ލޯގޯ އެކެވެ. އަދި ޓްވީޓްގައި "ވީ ވިލް މީޓް ޔޫ ސޫން" ނުވަތަ އަހަރެމެން، ތިބޭފުޅުންނާއި ވަރަށް އަވަހަށް ބައްދަލުކުރާނަން" މިހެން ލިޔެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޓްވީޓްގައި ބުނާ ޑީއެންއޭގެ ދިގު ގޮތަކީ "ދިވެހި ނެޝަނަލް އެކްޝަން" އެވެ.



"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަރަކާތުގައި ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ ތަޢުލީމީ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މި މޫވްމަންޓުގެ މައިގަނޑު މަޤްޞަދުތައް އަދި މުޅިން ސާފު ނުވިނަމަވެސް މި މޫވްމަންޓްގެ އެންމެ އިސް މަސައްކަތް ތަކުގެ ތެރޭގައި 2023ގެ ރިޔާސީ އިންތިޚާބުގެ އެޖެންޑާ ސެޓް ކުރުން ހިމެނިގެން ދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެގޮތުން އިންތިޚާބަށް ކެންޑިޑޭޓެއް ނެރުން ނުވަތަ އިންތިޚާބަށް ނުކުމެވަޑައިގަންނަވާ ބޭފުޅަކަށް ތާއީދު ކުރައްވައިގެން މަސައްކަތް ކުރުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތައް އިތުރުވެފައިވާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ކުރީގެ ރައީސް މުހައްމަދު ވަހީދު ވަނީ ފާޅުކުރައްވާފައެެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއަށް އިތުރު ދައުރެއް ދެއްވަންޖެހޭފަދަ އިޝާރާތެއް ވެސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ބަންގާޅަ ބާލީސް

06-Mar-2021

ސޭހު ހަސީނާ ނުވަދަ ޙާލިދާ ޒިޔާ މަދަދުދާރު ފޯރ ދަ އެކްޝަން ޓު ދަރ މޯލްޑިވްސް.


9

ާެަެައެޑަމް

06-Mar-2021

ތީހުސް ފޭލްވެފަތިބި ހުސް ވަގުން ތިބަޔަކު މިރާއްޖެއިން ބަލައިނުގަންނަާނެ


9

ސަމަރުބުލޫ މޮހޮސިން

06-Mar-2021

މަށަށް ބާރަށް ހެވިއްޖެ. ކޮން ޑީއެން އޭ އެއް! ހުސް ފޭލި ވެފަ ތިބި މީހުން!



ޓްރެންޑިން