ގިނަ މީހުން އެއްވެގެން ހަފްލާތައް ބޭއްވުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަނާކޮށްފައިވަނިކޮށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްގެ އުފަންދުވަސް ފާހަގަކުރުމަށް ހަފްލާއެއް ބޭއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ކޯވިޑް ފެތުރެމުންދާތީ އެޗްޕީއޭއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރެއިން ގިނަ މީހުން އެއްވެގެން ބާއްވާ ސައި ޕާޓީތަކާއި ހަފްލާތައް ނުބޭއްވުން ހިމެނޭއިރު، މިފަހުން ބޭއްވި ކައިވެނި ހަފްލާއެއްވެސް ފުލުހުން ވަނީ ހުއްޓުވާފައެވެ. އަދި އޭގެކުރިން ބޭއްވި ކައިވެނި ޕާޓީއަކުން ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެސް ވެފައެވެ.
މާލޭގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ މި ދަނޑިވަޅުގައި ގިނަ ބައެއްގެ ފާޑު ކިޔުން އެމްޑީޕީއަށް އަމާޒުވީ، ފަސްދޮޅަހަށްވުރެ ގިނަ މެމްބަރުން ތިއްބަވާ އެމްޑީޕީގެ ޕާލިމެންޓްރީގެ ގުރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ އުފަންދުވަސް ފާހަގަކުރުމަށް މަޖިލީހުގައި ބޭއްވި ހަފްލާގެ ފޮޓޯތައް އާއްމުވުމުންނެވެ.
ޓްވިޓަރގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އާޒިމްގެ އުފަންދުވަސް ފާހަގަކުރުމަށް މަޖިލީހުގެ އިދާރާގައި ވަނީ ކުޑަ ހަފްލާއެއް ބާއްވާފައެވެ. މިހަފްލާގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުންތަކެއް ބައިވެރިވިއެވެ. މީގެއިތުުރުން ޖުމްހޫރީ ޕާޓީއާއި ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ބައެއް މެމްބަރުންވެސް ތިއްބެވެ. އެތަނުގައި ކޭކު ފެޅުން ކުރިއަށްދިޔައިރު، މެމްބަރުން މެދުގައި މާބޮޑު ގައިދުރުކަމެއް ފެންނާކަށް ނެތެވެ.
މިވިޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ބައެއް މީހުން ބުނީ އެޗްޕީއޭއިން އަމަލުކުރަނީ ވަކި ބަޔަކަށް ވަކި ގޮތެއް ހެދުމުގެ އުސޫލެއްގެ ތެރެއިންކަމަށެވެ.
ވީޑިއޯއަށް ކޮމެންޓްކުރި ބައެއް މީހުން ވަނީ އެމީހުންގެ އިތުބާރު އެޗްޕީއޭއަށް މިހާރު ނެތްކަމަށްވެސް ބުނެފައެވެ.
ކޯވިޑާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ހަމަހަމަކަމާއި އިންސާފެއް ނެތްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. މިގޮތުން ސަރުކާރުގެ ބޮޑުންނަށް ރަށްރަށަށް ވަޑައިގެންނެވުމާއި ދަތުރުކުރެއްވުމަށް ވެސް ހުރަހެއް ނޯންނައިރު، އާދައިގެ ރައްޔިތުން ދަތުރުކުރުމަށް އޮތީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ކަމަށް ބުނެ ފާޑުކިޔާފައި ވެއެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ހަލާކުވެގެން ދިޔައީ އިއްޒަތްތެރިއަކު ވައްކަން ކޮށްފިނަމަ ދޫކޮށްލައެވެ އަދި ނިކަމެއްޗަކު ވައްކަންކޮށްފިނަމަ ޙައްދު ޤާއިމުކުރެއެވެ.(صحيح البخاري ) @HPA_MV pic.twitter.com/v7P34VzEsU
— Mohamed Shifan (@abu_auyun) March 1, 2021
ވީޑިއޯއަށް ކޮމެންޓްކުރި ބައެއް މީހުން ވަނީ އެމީހުންގެ އިތުބާރު އެޗްޕީއޭއަށް މިހާރު ނެތްކަމަށްވެސް ބުނެފައެވެ.
Alhugandu HPA ah kuri ithubaaru hama rangalhah ves gellijje!
— Ali Zaid (@alizaid1000) March 1, 2021
ކޯވިޑާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ހަމަހަމަކަމާއި އިންސާފެއް ނެތްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. މިގޮތުން ސަރުކާރުގެ ބޮޑުންނަށް ރަށްރަށަށް ވަޑައިގެންނެވުމާއި ދަތުރުކުރެއްވުމަށް ވެސް ހުރަހެއް ނޯންނައިރު، އާދައިގެ ރައްޔިތުން ދަތުރުކުރުމަށް އޮތީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ކަމަށް ބުނެ ފާޑުކިޔާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު