ސަރުކާރުގެ 50 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެކުންފުނީގެ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށެވެ.
އާޒިމް ވިދާޅުވީ ސަރުކާރުން މަޝްރޫޢުތައް ގެންދަން ބޭނުންވަނީ ވަރަށް ހަލުވި ސްޕީޑެއްގައިކަމަށާއި، އެހެންކަމުން އެމްޓީސީސީގެ މަސައްކަތުގެ ސްޕީޑްވެސް ހަލުވިކޮށްފައިވާކަމަށެވެ. އެގޮތުން މީގެ ކުރިން 2 އަހަރުން ނިމޭ މަސައްކަތްތައް 8 މަސްދުވަހުން ނިންމާލާއިރު، 4 ވަރަކަށް އަހަރުން ނިންމާ އެއަރޕޯޓްތައް މިހާރު އަހަރެއްހާ ދުވަހުން ނިންމާލެވޭކަމަށް އާޒިމް ވިދާޅުވިއެވެ.
"އެމްޓީސީސީން މިއަދު އަމަލީގޮތުން 50 ޕްރޮޖެކްޓްގެ މަސައްކަތްދަނީ ކުރަމުން. އަޅުގަނޑުމެން ސޮއިކޮށްފައި އެބައޮތް އިތުރު 25 ޕްރޮޖެކްޓު، ކޮންމެ މަހަކު އިތުރު ޕްރޮޖެކްޓެއް އަރަމުން އަރަމުން މިދަނީ." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެކުންފުނީގެ ޕްރޮޖެކްޓްތަކަކީ ފެންވަރު ރަނގަޅު ޕްރޮޖެކްޓްތަކެއްކަމަށެވެ. އަދި މަޝްރޫޢުތަކުގެ ކޮލެޓީ ހިފެހެއްޓުމަށް ބޮޑު އިސްކަމެއް ދެއްްވާކަމަށް އާޒިމް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ތަރައްޤީގެ ބޮޑު ހިއްސާދާރަކަށް އެމްޓީސީސީވެފައިވާއިރު، އެކުންފުންޏަށް މިދިޔަ އަހަރުވެސް 200 މިލިޔަން ރުފިޔާގެ ފައިދާ ލިބިފައިވެއެވެ.

ކ. ހިންމަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި. #MTCCProjects pic.twitter.com/3pD1iQFZTp
— MTCC Plc (@MTCCPlc) March 1, 2021
"އެމްޓީސީސީން މިއަދު އަމަލީގޮތުން 50 ޕްރޮޖެކްޓްގެ މަސައްކަތްދަނީ ކުރަމުން. އަޅުގަނޑުމެން ސޮއިކޮށްފައި އެބައޮތް އިތުރު 25 ޕްރޮޖެކްޓު، ކޮންމެ މަހަކު އިތުރު ޕްރޮޖެކްޓެއް އަރަމުން އަރަމުން މިދަނީ." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެކުންފުނީގެ ޕްރޮޖެކްޓްތަކަކީ ފެންވަރު ރަނގަޅު ޕްރޮޖެކްޓްތަކެއްކަމަށެވެ. އަދި މަޝްރޫޢުތަކުގެ ކޮލެޓީ ހިފެހެއްޓުމަށް ބޮޑު އިސްކަމެއް ދެއްްވާކަމަށް އާޒިމް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ތަރައްޤީގެ ބޮޑު ހިއްސާދާރަކަށް އެމްޓީސީސީވެފައިވާއިރު، އެކުންފުންޏަށް މިދިޔަ އަހަރުވެސް 200 މިލިޔަން ރުފިޔާގެ ފައިދާ ލިބިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު