މުހައްމަދު މަލީހު ޖަމާލު
މުހައްމަދު މަލީހު ޖަމާލު
ރައްޔިތުންގެ މަޖިލީހުގެ "ރޯޔަލް ފެކްޝަން" އިއްޔެ މަޖިލީހުގައި ފަޟީހަތްވެއްޖެކަމަށް ކޮމިއުނިކޭޝަން މިނިސްޓަރުކަމުން އިއްޔެ ވަކިކުރި މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު ކުރެއްވި ޓްވީޓެއްގައި މިއަދު ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އާޒިމް އުޅުއްވަނީ ހެއްދެވި ފަރާތަށް އޮޅުވާލަންތޯވެސް މަލީހު ސުވާލުކުރައްވާފައިވެއެވެ.

މަލީހު ވިދާޅުވީ އޭނާ މަޤާމުން ވަކިކުރުމުގެ ހުރިހާ މަސައްކަތެއް ކުރިއަށްދިޔައީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށެވެ. އަދި އޭނާގެ ބޮލުގައި އެޅުވީވެސް ދޮގު އިލްޒާމްކަމަށްވެސް މަލީހު ވިދާޅުވިއެވެ. މަލީހު ވިދާޅުވީ، ރޯޔަލް ފެކްޝަން އިއްޔެ މަޖިލީހުގައި ފަޟީހަތްވެއްޖެކަމަށާއި، ވޯޓް ނެގި ގަޑިވެސް އޮޅުވާލާފައިވާކަމަށެވެ.



މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުންނެވި މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށް، މަޤާމުން އޭނާ ވަކިކޮށްފައިވާއިރު، އޭނާ ގެންދަވަނީ މަޖިލީހުގެ މެމްބަރުންނަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މަލީހު އިއްޔެގެ ޖަލްސާގައި ވެސް ވިދާޅުވީ އޭނާ މަޖިލީހަށް ވަޑައިގެންނެވީ އޭނާގެ މަގާމު ދިފާއު ކުރަށްވަން ނޫން ކަމަށެވެ. މާލީ ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ މާއްދާ 27 ގެ ދިފާޢުގައި ތެދުވެ ވަޑައިގެންނެވުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން