ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން އުޅެނީ އަބޫޖަހުލުމެން އުޅުނު ގޮތަށްކަމަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިޚް ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެއެވެ.
ޝައިހް ރަޝީދުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަމާދުކުރާއިރު ކޮރޯނާގެ ހާލަތުގައި ނަމާދަށް ދާ މީހުން ދުރުދުރުގައި ނުބޭތިއްބުމަށް ބުނެ ޝައިހު އިޔާޒު މުދިމުންނަށް އިންޒާރުދެމުން، ޤައުމުގައި ފިތުނަ އުފައްދަމުންދާކަމަށެވެ.
ހުސައިން ރަޝީދު ވިދާޅުވީ އެބޭފުޅުންގެ އެމަސައްކަތް ޖާހިލިއްޔަ ޒަމާނުގައި އަބޫ ޖަހުލުމެން ކުރަމުންދިޔަ މަސައްކަތާއި ގާތްކަމަށެވެ. އަދި ތަފާތަކީ އެ ބޭފުޅުން އިސްލާމްދީނުގެ ނަމުގައި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އަމަލުތައް ހިންގަމުންދިއުންކަމަށް ހުސައިން ރަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން އުޅެނީ މިދުވަސްވަރު މިސްކިތުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރުމާއި ގުޅޭގޮތުންނެވެ. ބައެއް އިލްމުވެރިން ގައިދުރުކޮށް ނަމާދުކުރުމަށް ތާޢީދުކުރާއިރު، ބައެއް އިލްމުވެރިން އެކަމާއި ދެކޮޅެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވާތީ އަޅާ ހަރުކަށި ފިޔަވަޅު ތަކުގެތެރޭގައި މާލެ ސަރަހައްދުގެ މިސްކިތް ތަކުގައި ޖަމާއަތް ހެދުމުގައި ގައިދުރުކުރުމަށް މިހާރު ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު