ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު
މީޑިއާތައް ރެގިއުލޭޓްކުރުމަށް އޮންނަ ބްރޯޑްކާސްޓިންގ ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލުމާއި ގުޅޭ ޤާނޫނުގެ ބިލު މަޖިލީހަށް ފޮނުވަން ބުނިތާ އަހަރެއްވީއިރުވެސް އެބިލު ސަރުކާރުން މަޖިލީހަށް ފޮނުވާފައިނުވާކަމަށް ބުނެ، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.



ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމުގެ މައްސަލައިގައި މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން މީޑިއާގައި ކުރިން ހަރަކާތްތެރިވި، ވެލިދޫ ދާއިރާގެ މެމްބަރު ޝަފީޤު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލުމުގެ ވާހަކަ ސަރުކާރުން ދައްކާތާ އެތައް ދުވަހެއްވެފައިވާއިރު، އެ ބިލް މަޖިލީހަށް ފޮނުއްވާނެކަމަށް ވިދާޅުވާތާ އަހަރެއް ވެފައިވާކަމަށެވެ. ނަމަވެސް މިދައުރާއި ހަމައަށްވެސް އެބިލު ނުލިބޭކަން ޝަފީގު ފާހަގަކުރެއްވިއެވެ.

"އުއްމީދުކުރަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެ ބިލު މަޖިލީހަށް ލިބި، ދެކޮމިޝަން އެއްކޮށްލެވިގެން ދާނެކަމަށް. އަދި މި އިއްޒަތްތެރި މަޖިލީހުގައި ރަނގަޅު ބަހުސެއް ކުރެވި އެދެވޭ އިސްލާހުތައް ގެނެވި ރަނގަޅަށް އެ ބިލް ފާސްވެގެންދާނެކަމަށް." ޝަފީޤު ވިދާޅުވިއެވެ.

މަޖިލީހަށް ސަރުކާރުން ހުށަހަޅަންޖެހޭ ބިލުތައް ހުށަނާޅީ މެމްބަރުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މަޖިލީހުގެ ރައީސްވެސް މިއަދު ވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އެގޮތުން 30 އަށްވުރެ ގިނަ ބިލު މަޖިލީހަށް ހުށަހަޅާނެކަން ސަރުކާރުން އަންގާފައިވާއިރު، މިހާތަނަށް އައިރު އެބިލުތައް ނުލިބޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން