ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އދ.ގެ ޚާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު
ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އދ.ގެ ޚާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު
އިލްމުވެރިންނަށް އިލްމުވެރިންގެ ގޮތުގައި ތިބެވޭނީ ނުފޫޒުތަކުން އެކަހެރިވެގެންކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އދ.ގެ ޚާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލްމުވެރިންނަށް އިލްމުވެރިންގެ ގޮތުގައި ތިބެވޭނީ ސިޔާސީ ނުފޫޒުތަކާއި ސިޔާސީ މަޤާމުތަކާއި ބޭނުންތަކާއި އެކަހެރިވެ ތިބެގެންކަމަށެވެ. ޝަހީދު ވިދާޅުވީ އިލްމުވެރިންނަކީ އެމީހުންގެ އިލްމާއި ވިސްނުމާއި މައުލޫމާތުވެސް އެންމެ ފުރިހަމަ ނޫންކަން ދަންނަ މީހުންކަމަށެވެ. އަދި އެއްވެސް އިންސާނަކަށް ފުރިހަމަ އިލްމާއި މަޢުލޫމާތު ލިބިފައިނުވާކަން ޝަހީދު ފާހަގަކުރެއްވިއެވެ.



ޑރ. ޝަހީދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި އެކި ކަންކަމާއި ތަފާތު ބަހުސްތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މިބަހުސްތަކުގައި ދީނީ އިލްމުވެރިންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުޅޭއިރު، ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ އިލްމުވެރިންގެ ތެރޭގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް އެބަ އޮތެވެ.

އިލްމުވެރިން ސިޔާސީ ނުފޫޒުން އެކަހެރިވުމަށް ޑރ. ޝަހީދު ގޮވާލެއްވިއިރު، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން އުޅެނީ އަބޫޖަހުލުމެން އުޅުނު ގޮތަށްކަމަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިޚް ހުސައިން ރަޝީދު އަހުމަދު ވަނީ ވިދާޅުވެފައެވެ.

ޝައިޚް ރަޝީދުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަމާދުކުރާއިރު ކޮރޯނާގެ ހާލަތުގައިވެސް ދުރުދުރުގައި ތިބުމާއި ދެކޮޅުހައްދަވައި ޑރ. އިޔާޒު މުދިމުންނަށް އިންޒާރުދެއްވައި، ޤައުމުގައި ފިތުނަ އުފައްދަމުންދާކަމަށެވެ.

ހުސައިން ރަޝީދު ވިދާޅުވީ އެބޭފުޅުންގެ އެމަސައްކަތް ޖާހިލިއްޔަ ޒަމާނުގައި އަބޫ ޖަހުލުމެން ކުރަމުންދިޔަ މަސައްކަތާއި ގާތްކަމަށެވެ. އަދި ތަފާތަކީ އެ ބޭފުޅުން އިސްލާމްދީނުގެ ނަމުގައި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އަމަލުތައް ހިންގަމުންދިއުންކަމަށް ހުސައިން ރަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން އުޅެނީ މިދުވަސްވަރު މިސްކިތުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރުމާއި ގުޅޭގޮތުންނެވެ. ބައެއް އިލްމުވެރިން ގައިދުރުކޮށް ނަމާދުކުރުމަށް ތާޢީދުކުރާއިރު، ބައެއް އިލްމުވެރިން އެކަމާއި ދެކޮޅެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވާތީ އަޅާ ހަރުކަށި ފިޔަވަޅު ތަކުގެތެރޭގައި މާލެ ސަރަހައްދުގެ މިސްކިތް ތަކުގައި ޖަމާއަތް ހެދުމުގައި ގައިދުރުކުރުމަށް މިހާރު ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-13

ޖަނާޒާ ކުޑޭ

06-Mar-2021

މި އިބިލީސް ކައިރީ ބުނެދީބަލަ މުސްލިމުންގެ ގޮތުގައި ތިބެވޭނީ ކަލޭ ތިބުނާ ނުފޫޒުން އެއްކިބާވެގެންނޭ



ޓްރެންޑިން