މާދަމާއިން ފެށިގެން 18 އަހަރުން މަތީގެ އެންމެންނަށް ކޯވިޑް ވެކްސިން ދޭން ފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މާދަމާއިން ފެށިގެން މާލެ ސަރަޙައްދުގައި އުޅޭ 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހައިދޭނެކަމަށެވެ.

18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭން މާދަމާ ފަށާއިރު، ކޯވިޑް-19އިން ރައްކާތެރިވުމަށް ދޭ ވެކްސިން ޢުމުރުން 20 އަހަރުން މަތީގެ މީހުންނަށް ދޭން ފެށީ އިއްޔެއެވެ. އެޢުމުރުފުރާއަށްވެސް ވެކްސިން ދެމުން ގެންދާނީ ހަމައެކަނި މާލެ ސަރަޙައްދުގައެވެ.



ރާއްޖޭގައި ކޯވިޑް-19އަށް ހުށައެޅެމުންދާ ޒުވާނުންގެ ޢަދަދު އިތުރުވަމުން އަންނައިރު ވީހާވެސް ގިނަ ޒުވާނުންން ވެކްސިން ޖެހުމަށް އިސްކަން ދިނުމަށް އެޗްއީއޯސީން އިލްތިމާސްކުރެއެވެ. ފެބުރުއަރީމަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ވެކްސިންދޭން ފަށާފައިވާއިރު މިހާތަނަށް 111415 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 75163 މީހުންނާއި އަތޮޅުތެރޭގައި ވެކްސިން ޖެހި 36252 މީހުންނެވެ.

މާލޭ ސަރަޙައްދުގައި ވެކްސިންދެނީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާ ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގައި ހެނދުނު 9:00އިން ފެށިގެން 16:30އަށެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ޓްރީޓޮޕްގައި ވެކްސިން ދެމުންދަނީ ހެނދުނު 9:00އިން 12:00އަށެވެ. އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ހެނދުނު 9:00އިން 13:00 އަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން