ދިވެހިރާއްޖެއާއި ޖަޕާނުގެ ސަރުކާރާ ދެމެދު ބާއްވާ ޕޮލިސީ ޑައިލޮގްގެ 3 ވަނަ ބައްދަލުވުން ބުރާސްފަތިދުވަހު އޮންނާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ސަބަބުން ވަރޗުއަލްކޮށް ބާއްވާ މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ޚަލީލް ކަމަށެވެ. އަދި ޖަޕާނުގެ ފަރާތުން އެގައުމުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ޖަޕާނުގެ ޚާރިޖީ ވުޒާރާގެ ސައުތުއީސްޓް އެންޑް ސައުތުވެސްޓް އޭޝިއަން އެފެއާޒް ޑިޕާޓްމެންޓްގެ ޑިރެކްޓަރ ޖެނެރަލް ކޮބަޔަޝީ ކެނިޗީއެވެ.

މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވޭނީ ތަރައްގީއާ އިޤްތިސާދީގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ، ކޮވިޑް-19 އިން ރައްކާތެރިވުމާ، ފަތުރުވެރިކަމާއި ގުޅޭގޮތުންނެވެ. މީގެއިތުރުން ދެގައުމުގެ ދައުރު ހިމެނޭ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށާއި، ފުދުންތެރި ގައުމަކަށް ދިވެހިރާއްޖެ ވާސިލްވުމަށް ކުރާ މަސައްކަތުގައި، ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކާއެކު މިފަދަ މަޝްވަރާ ބައްދަލުވުންތައް ބާއްވަން ދިވެހި ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއެވެ.

ދެގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު މިފަދަ މަޝްވަރާ ބައްދަލުވުންތައް އާއްމުކޮށް އަންނަނީ ބާއްވަމުންނެވެ. ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގްގެ ބައްދަލު ވުމެއް އެންމެ ފަހުން ބޭއްވީ އޮގަސްޓް 2019 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން