މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް މުޙައްމަދު ފަޒީން އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
ރާއްޖެ ޓީވީގެ ނޫސްވެެރިޔާ ފަޒީން ބްރޯޑްކޮމްއަށް އައްޔަންކުރަން ފާސްވީ މަޖިލީހުގައި އެކަމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ.
ބްރޯޑްކޮމްގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ 11 ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއިރު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކުރި ނަންތަކުގެ ތެރެއިން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެނަމާއި، ވީޓީވީގައި މަސައްކަތް ކުރައްވާފައިވާ ޝިފްޒާ މުސްތަފާގެނަމެވެ.
7 މެމްބަރުން ތިއްބަވާ ބްރޯޑްކޮމްގެ މެންބަރުކަމުގައި ފަޒީންގެ އިތުރުން، ދެން ތިއްބަވާނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި، ނައިބު ރައީސް އަޙްމަދު ގައިސްއާއި، މެންބަރު އާމިނަތު ސަރާޙަތު ޢިއްޒަތުއާއި، މެންބަރު އަމްޖަދު ވަހީދާއި، މެންބަރު ޢަލީ ޔޫސުފާއި މެންބަރު އާމިނަތު އަމީނާއެވެ.

ކިޔުންތެރިންގެ ހިޔާލު