އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން، އައި.އެމް.އޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ.ފަރަޙަނާޒް ފައިސަލް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އައި.އެމް.އޯއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ޑރ.ފަރަޙަނާޒް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދޭން ފާސްވީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ އިއްތިފާޤުންނެވެ.
ޑޮކްޓަރ ފަރަހަނާޒް ފައިސަލް މިހާރުވެސް ގެންދަވަނީ އިނގިރޭސިވިލާތުގެ ސަފީރުގެ އިތުރުން އަޔަލެންޑާއި ސްޕެއިން އާއި ފްރާންސްގެ ނޮން ރެސިޑެންޝަލް ސަފީރުގެ މަގާމު ވެސް ފުރުއްވަމުންނެވެ. މީގެ ކުރިންވެސް ޑރ. ފަރަޙްނާޒް ވަނީ، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އާއި ސްވިޑްން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރކަން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު