ރާއްޖެއިންބޭރުގެ ގައުމުތަކަށް ކަނޑައަޅާފައި ތިއްބަވާ ޑިޕްލޮމެޓުންގެ ވާހަކަ ދެއްކުމުގެ ބަހުރުވައާއިމެދު، ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒު ސުވާލުއުފައްދަވައި ފާޑު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިކަމަށް ފާޑުވިދާޅުވެފައިވަނީ، ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި، މިސްކިތުގައި ޖަމާއަތް ހެދުމާއި ބެހޭގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ސިފަކުރައްވާ، ޝައިޚް ހުސައިން ރަޝީދު ހިއްސާކުރަށްވާފައިވާ ފޭސްބުކް ޕޯސްޓަކަށް ރިއާއަތްކުރައްވައެވެ.
އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިޚް ހުސައިން ރަޝީދު އަހުމަދުގެ ފޭސްބުކް ޕޯސްޓްގައި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން އުޅެނީ އަބޫޖަހުލުމެން އުޅުނު ގޮތަށްކަމަށް ވަނީ ވިދާޅުވެފައެވެ.
ޖަމާއަތުގައި ނަމާދު ކުރުމުގައި ގައިދުރުކުރުމާއި ދެކޮޅަށް ވާހަކަ ދައްކަވާ ޑރ. އިޔާޒު ފަދަ އިސްލާމް ދީނުގެ ޢިލްމްވެރިންނަށް ރައްދުވާ ގޮތަށް ކުރަށްވާފައިވާ ޝައިޚް ހުސައިން ރަޝީދުގެ ފޭސްބުކް ޕޯސްޓާއި ގުޅިގެން، ޑރ. އިޔާޒް، ކުރެއްވި ޓްވީޓެއްގައި ރާއްޖެއިންބޭރުގެ ގައުމުތަކަށް ކަނޑައަޅާފައި ތިއްބަވާ ޑިޕްލޮމެޓުންގެ ވާހަކަ ދެއްކުމުގެ ބަހުރުވައާއިމެދު ވަނީ ސުވާލު އުފައްދަވާފައެވެ. ޑރ. އިޔާޒުގެ މިޓްވީޓް ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދު ﷲ ޝާހިދު ޓެގް ކުރައްވާފައެވެ. އިޔާޒުގެ މިޓްވީޓް އަމާޒު ކުރަށްވާފައިވާ ހުސައިން ރަޝީދަކީ ސައުދީގައި ހުންނަވާ ރާއްޖޭގެ ޑިޕްލެމެޓެކެވެ.
"ރާއްޖެއިންބޭރުގެ ގައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ޑިޕްލޮމެޓުންގެ ވާހަކަ ދެއްކުމުގެ ބަހުރުވަ މިހުންނަނީ އެންމެ ރަނގަޅު މިންގަނޑެއްގައިތޯ؟" ޑރ. އިޔާޒް ވިދާޅުވިއެވެ.
ޝައިޚް ހުސައިން ރަޝީދުގެ ފޭސްބުކް ޕޯސްޓްގައި، ގައިދުރުކޮށް މިސްކިތްތަކުގައި ސަަފުހެދުމަށް އެއްބާރުލުން ނުދޭން ޑރ. އިޔާޒް އިމާމުންނަށް ނަސޭހަތްތެރިވެފައިވާކަމުގެ ހެކިވެސް ވަނީ ހިއްސާކުރަށްވާފައެވެ. މިސްކިތުގައި ޖަމާއަތް ހެދުން ހުއްޓާލުމާއި، މިސްކިތްތަކުގައި ގައިދުރުކޮށް ސަަފުހެދުމާއި ދެކޮޅުހައްދަވައި ޑރ. އިޔާޒު ގެންދަވަނީ ތަކުރާރުކޮށް ޓްވީޓް ކުރައްވައި އެކަމަށް ތާއީދުކޮށް ވާހަކަ ދައްކަވާ ބޭފުޅުންނާ ޖަދަލު ކުރަށްވައި ބަހުސް ކުރަށްވަމުންނެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވާތީ އަޅާ ހަރުކަށި ފިޔަވަޅު ތަކުގެތެރޭގައި މާލެ ސަރަހައްދުގެ މިސްކިތް ތަކުގައި ޖަމާއަތް ހެދުމުގައި ގައިދުރުކުރުމަށް މިހާރު ވަނީ އަންގާފައެވެ. މިކަމާއި ބެހޭގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން ދިޔަނަމަވެސް، ބައެއް އިލްމުވެރިން ދަނީ ގައިދުރުކޮށް ނަމާދުކުރުމަށް ތާޢީދުކުރަމުންނެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި، މިސްކިތް ތަކުގައި ގައިދުރުކޮށްގެން ނަމާދުކުރުމަކީ ގިނަ އިސްލާމީ ގައުމުތަކުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

Raajje in beyru gaumuthakah kanda alhuvvaafai thibbavaa baeh Diplomate in ge vaahaka dhekkumuge bahuruva mi hunnanee hama enme ragalhu mingandu gai tho? @abdulla_shahid @MoFAmv
— Dr.Mohamed Iyaz (@dr_iyaz) March 2, 2021
ޝައިޚް ހުސައިން ރަޝީދުގެ ފޭސްބުކް ޕޯސްޓްގައި، ގައިދުރުކޮށް މިސްކިތްތަކުގައި ސަަފުހެދުމަށް އެއްބާރުލުން ނުދޭން ޑރ. އިޔާޒް އިމާމުންނަށް ނަސޭހަތްތެރިވެފައިވާކަމުގެ ހެކިވެސް ވަނީ ހިއްސާކުރަށްވާފައެވެ. މިސްކިތުގައި ޖަމާއަތް ހެދުން ހުއްޓާލުމާއި، މިސްކިތްތަކުގައި ގައިދުރުކޮށް ސަަފުހެދުމާއި ދެކޮޅުހައްދަވައި ޑރ. އިޔާޒު ގެންދަވަނީ ތަކުރާރުކޮށް ޓްވީޓް ކުރައްވައި އެކަމަށް ތާއީދުކޮށް ވާހަކަ ދައްކަވާ ބޭފުޅުންނާ ޖަދަލު ކުރަށްވައި ބަހުސް ކުރަށްވަމުންނެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވާތީ އަޅާ ހަރުކަށި ފިޔަވަޅު ތަކުގެތެރޭގައި މާލެ ސަރަހައްދުގެ މިސްކިތް ތަކުގައި ޖަމާއަތް ހެދުމުގައި ގައިދުރުކުރުމަށް މިހާރު ވަނީ އަންގާފައެވެ. މިކަމާއި ބެހޭގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން ދިޔަނަމަވެސް، ބައެއް އިލްމުވެރިން ދަނީ ގައިދުރުކޮށް ނަމާދުކުރުމަށް ތާޢީދުކުރަމުންނެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި، މިސްކިތް ތަކުގައި ގައިދުރުކޮށްގެން ނަމާދުކުރުމަކީ ގިނަ އިސްލާމީ ގައުމުތަކުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ހިޔާލު