ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
މުހިއްމު ލިޔުމެއް ނެތިގެން ދަށުކޯޓުން ބޭރުކޮށްލި މައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރުމުން އެ މައްސަލަ އަލުން ދަށު ކޯޓަށް ހުށައެޅުމަށް މަސައްކަތް ކުރަމުންދާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އުމުރުން 18 އަހަރު ފުރިފައިވާ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އަނިޔާ ލިބުނު މީހާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނާ ފަދަ ނަފްސާނީ ނުކުޅެދުންތެރިކަން ހުރި މީހެއްކަން ސާބިތުވާ ފަދަ ސަރުކާރު ގަބޫލުކުރާ ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށް ބުނެ އެވެ. އަދި ކްރިމިނަލް ކޯޓުގެ ނިންމުމަށް ހައިކޯޓުން ތާޢީދުކޮށްފައި ވަނިކޮށް އެ މައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ.

އެކަމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ވިދާޅުވީ، ސުޕްރީމް ކޯޓުގައި އެ މައްސަލަ ކާމިޔާބުކުރީ، ގޮތް ދޫނުކޮށް ކުރިއަށް ގެންގޮސްގެން ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ލިޔުމަކީ ރަނގަޅު ލިޔުމެއްކަމާއި، ބަލައިގަންނަންޖެހޭ ލިޔުމެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މިހާރު، އަލުން އެމައްސަލަ ދަށު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް އެބަ ކުރަން." ޝަމީމް ވިދާޅުވިއެވެ.

އުމުރުން 18 އަހަރު ފުރިފައިވީ ނަމަވެސް މީހެއްގެ ކިބައިގައި ނަފްސާނީ ނުކުޅެދުންތެރިކަން ހުރިކަން ސާބިތުކުރަން ދައުލަތުން ހުށަހެޅި ލިޔުމަކީ ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން ސައިކޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ލައިސަންސް ލިބިފައިވާ ޑރ. އައިޝަތު އަލީ ނާޒް ތައްޔާރުކުރި ރިޕޯޓެކެވެ. ނަމަވެސް ޑރ. ނާޒްގެ ރިޕޯޓް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ވަނީ އިޢުތިރާޒް ކޮށްފައެވެ. އެކަމާގުޅިގެން ސުޕްރީމް ކޯޓުން ނިންމަވާފައިވަނީ، އެ ރިޕޯޓް ބަލައިނުގަނެވޭނެ ކަމަށް ކޯޓަށް ނިންމޭނީ ޑރ. ނާޒް އަށް ސައިކޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ލައިސެންސް ލިބިފައި ނުވާނަމަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


11

ހަސަން

06-Mar-2021

އޭރު ވަކި ލިޔުމެއް ނެތިގެނެއްނޫން. ޕާޓީ ކުދިންނާ ގުޅޭތީ. ރައްޔިތުން ނިކުމެ އަޑުގަދަކުރީމަ މިހާރު ވޯޓްހޯދަން ދަޅަދައްކަނީ.


13

ހަސަން

06-Mar-2021

އޭރު ވަކި ލިޔުމެއް ނެތިގެނެއްނޫން. ޕާޓީ ކުދިންނާ ގުޅޭތީ. ރައްޔިތުން ނިކުމެ އަޑުގަދަކުރީމަ މިހާރު ވޯޓްހޯދަން ދަޅަދައްކަނީ.



ޓްރެންޑިން