ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން ޖުމްލަ 123،665 މީހަކު ވެކްސިން ޖަހައިފިއެވެ.
މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މާލެ ސަރަހައްދުން ޖުމްލަ 79،356 މީހަކު މިހާތަނަށް ވެކްސިން ޖަހައިފައިވެއެވެ. އަދި މީގެ ތެރެއިން މިއަދު އެކަނިވެސް 2،105 މީހަކު ވެކްސިން ޖަހާފައިވެއެވެ.
މީގެ އިތުރުން ޖުމްލަ 44،309 މީހަކު އަތޮޅުތެރެއިން ވެކްސިން ޖަހައިފައިވާއިރު، މިއަދު 4،445 މީހަކު އަތޮޅުތެރެއިން ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ. އަދި މިކެމްޕޭނުގެ ދަށުން އަތޮޅުތެރެއާއި މާލެއިން މިއަދު ޖުމްލަކޮށް 6،550 މީހަކު ވެކްސިން ޖަހާފައިވެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނު "ކޯވިޑް-19 ދިފާޢު" ރަސްމީކޮށް ފައްޓާފައިވަނީ ފެބްރުއަރީމަހު އެއްވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކެމްޕޭނުގައި އަދި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ.
މިހާތަނަށް އިންޑިއާއިން ވަނީ ރާއްޖެއަށް ކޮވިޝީލްޑު ވެކްސިނުގެ ދެލައްކަ ޑޯޒް ހަދިޔާ ކޮށްފައެވެ. ކޮވިޝީލްޑު ވެކްސިނުގެ އިތުރުން ޗައިނާގެ ސިނޮފާމް ކުންފުނިން އުފައްދާފައިވާ ވެކްސިނުގެ 5000 ޑޯޒުވެސް ރާއްޖެއަށް ލިބިފައިވާކަމަށް އެޗްއީއޯސީއިން ހާމަކޮށްފައިވެއެވެ. ޗައިނާއިން ވަނީ ސިނޮފާމް ކުންފުނިން އުފައްދާފައިވާ ވެކްސިނުގެ 100،000 ޑޯޒު ރާއްޖެއަށް ހަދިޔާކުރުމަށް ނިންމަވާފައެވެ.
މީގެއިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ހޯދުމަށް ރާއްޖެއިން އެދިފައިވާނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. ކޯވެކްސް ފެސިލިޓީގެ ދަށުން ފޯރުކޮށްދެވޭ ވެކްސިން ދިނުމަށް ބޭނުންވާނޭ 100،000 ސިރިންޖާއި، ވެކްސިން ރައްކާކުރުމަށް ބޭނުންވާނޭ 1000 ސޭފްޓީ ބޮކްސް، ޔުނިސެފުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު