ރުޤްޔާކުރުމުގެ ނަމުގައި ހަތަރު މައިން، ގެއެއްގައި ރަހީނުކޮށް އަނިޔާދީ ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވާ ދެމީހުން ދައުވާއަށް އިންކާރު ކޮށްފި އެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއީލް ވަހީދުގެ މައްޗަށާއި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުންވަނީ މައްސަލައިގެ ދައުވާ ހުށަހެޅުމަށްފަހު ހެކި ހުށަހަޅާފައެވެ.
އިސްމާއިލް ވަހީދާ އަސީލްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ 22 ޖޫން 2020 ދުވަހުން ފެށިގެން 30 އޮކްޓޫބަރު 2020 ދުވަހާއި ހަމައަށް އެކި ދުވަސްމަތިން ރުޤްޔާ ކުރުމުގެ ނަމުގައި 4 މައިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރި ކަމުގެ ދައުވާ އެވެ.
އެ މައްސަލާގައި ވަހީދަށް ކުރާ ދައުވާތައް:-
1. ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ.
2. މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯރޓްނުކުރުމުގެ ކުށުގެ ދަޢުވާ.
3. ގައިގާ އަތްލުމުގެ ކުށުގެ 2 ދަޢުވާ.
4. ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދަޢުވާ.
އެ މައްސަލާގައި އަސީލަށް ކުރާ ދައުވާތައް:-
1. ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ.
2. ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ.
3. އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ.
4. ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.
5. ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ.
6. ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދަޢުވާ.
7. ކުޑަކުއްޖެއްގެ ޙާޟިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ޤަބޫލުކޮށްގެން ޖިންސީ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާ.
މި ދެމީހުންވެސް ވަނީ މިދައުވާތަކަށް އިންކާރު ކޮށްފައެވެ.
ރުޤްޔާގެނަމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވެސް ފެންމަތިވަމުންދާއިރު، ފުލުހުން ވިދާޅުވެފައިވަނީ ފަހަކަށް އައިސް ގިނަ ކުށްތަކަށް މީހުން އަރައިގަނެފައިވަނީ އެ ކުށް ކުރުމަކީ ދީނީ އަގީދާގެ ބައެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި އެހެން މީހުންނަށް ދީނީ އަގީދާގެ ބައެއްގެ ގޮތުގައި ކަމެއް ދައްކައިގެން ޖިންސީ ގޯނާ ކުރުމާއި ކުޑަކުދިންނާ ނުރުހުމުގައި ކައިވެނިކޮށް އުޅުމާއި ވެކްސިން ފަދަ ސިއްހީ ފަރުވާ ދިނުމަށް ދެކޮޅު ހެދުން ފަދަ ކަންކަން މީގެ ތެރޭގައި ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު