ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް
ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް
2017 ވަނަ އަހަރު މާލޭގައި އަނިޔާވެރިކޮށް މަރާލި މުޙައްމަދު އަނަސްގެ މަރާ ގުޅޭ ތަޙުގީގު ނިންމައި، އެކަމާއި ގުޅޭ ރިޕޯޓް ވަރަށް އަވަހަށް އާއްމުކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބާއްވަމުންދާ ރަށްވެހި ފަތިސް ބައްދަލުވުންތަކުގެ ތެރެއިން ރޭގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން އަނަސްގެ މަރުގެ ތަހުޤީޤް ކުރިއަށްގެންދަވާކަމަށެވެ.

ރައީސް ވިދާޅުވީ އެމައްސަލައިގެ ތަޙުގީގުގެ ބޮޑުބައެއް ނިމިފައިވާކަމަށެވެ. އަދި މިވަގުތު މަޑުކޮށްގެން ތިބީ މައްސަލައާގުޅޭ ފޯނަކާ ގުޅޭ ފޮރެންސިކް ހެކިތަކެއް ހޯދުމަށްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެފޯނު ރާއްޖެއިން ބޭރަށް ފޮނުވައިގެން ހޯދަންޖެހޭ ބައެއް ފޮރެންސިކް މަޢުލޫމާތު ލިބުމުން، ރިޕޯޓު އެކުލަވާލައި ޢާއްމުކުރައްވާނެކަމަށެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލީ 2017ވަނަ އަހަރުގެ ޖުލައިމަހުގެ 31ވަނަ ދުވަހުގެ ރެއެވެ. އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ޙަމަލާދީފައިވާއިރު އަނަސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލައިގައި 8 މީހަކަށް ވަނީ ދައުވާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން