މަޖިލީހުގެ ރޯޔަލް ފެކްޝަނުން އިންސާފު ޤާއިމްކުރާ ގޮތް ތަފާތުކަން ސާބިތުކޮށްދެމުންދާކަމަށް މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކުރި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވެފައި މިވަނީ ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެންމެ މަތިން މާކްސް ލިބުނު ފަރާތް "ކަޓުވާލުމަށްފަހު،" އެމްޑީޕީއަށް ނިސްބަތްވާ މީހަކު ބްރޯޑްކާސްޓިންގ ކޮމިޝަނަށް އައްޔަންކުރުމުންނެވެ.
މިކަމާއި ގުޅިގެން މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމުން، ރޯޔަލް ފެކްޝަނުން އިންސާފު ޤާއިމްކުރާ ގޮތް ތަފާތުކަން މިޤައުމުގެ ތަންދޮރު ދަންނަ ރައްޔިތުންނަށް ސާބިތުކޮށްދެމުންދާކަމަށެވެ. މަލީހު ވިދާޅުވީ އަމިއްލަ ޕާޓީއަށް ނިސްބަތްވާ މީހާގެ ކިބައިގައި ފެންވަރެއް ނެތަސް، ދައުލަތުގެ ބޮޑެތި މަޤާމުތަކަށް އައްޔަނު ކުރަމުންދާކަމަށެވެ. އަދި "ރަށްވެހި ފަތިސް" މިހާރު މިއޮތީ މަޖިލީހަށް އައިސްފައިކަމަށް މަލީހު ވިދާޅުވިއެވެ.
ބްރޯޑްކާސްޓަރުން ރެގިއުޅޭޓްކުރަން އޮންނަ ބްރޯޑްކާސްޓިން ކޮމިޝަނަށް އެމްޑީޕީގެ މެމްބަރެއްކަމަށްވާ، މުހައްމަދު ފަޒީން އައްޔަންކުރަން ފާސްކުރީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. ނަމަވެސް ކޮމިޓީން އެންމެ މަތިން މާކްސް ދީފައި އޮތީ ޝިފްޒާއަށެވެ. ކޮމިޓީން ޝިފްޒާއަށް މަތިން މާކްސް ދިން ނަމަވެސް އިއްޔެ ނެގި ވޯޓުގައި ފުރަތަމަ ވޯޓަށް އެހީ ރައީސް ޞާލިޙް މަޖިލީހަށް ނަންތައް ފޮނުއްވި ތަރުތީބުން އެއްވަނައިގައި އޮތް އެމްޑީޕީގެ މެންބަރު ފަޒީނަށެވެ. ފަޒީނަށް އެމްޑީޕީގެ މެންބަރުން ރުހުން ދިނުމުން ޝިފްޒާގެ ނަމަށް ވޯޓަކަށް ނާހައެވެ.
ފަޒީނަކީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި، ތުޅާދޫ ދާއިރާގައި މެމްބަރު ހިސާން ހުސައިންއާ ވާދަކޮށް ބޮޑު ތަފާތަކުން ބަލިވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. ފަޒީން ބުނާ ގޮތުން އޭނާއަކީ އެމްޑީޕީ އުފެއްދުމަށް ފުރަތަމަ ސޮއިކުރެއްވި ފަރާތްތަކުގެ ތެރޭގައި ހިމެނޭ މީހެކެވެ.

Super Majority aai eku #Royalfaction insaafu gaaim kuraa goiy thafaathukan miqaumuge thandhoru dhanna community ah saabithukoh dhemun egendhavanee. Party meehaaveema Broadcom ah kufoo hamavey Bookshop ga mop jahan inas. Rahvehifathis mihaaru miothee Majlihah aisfa. #Majlisreform pic.twitter.com/FrT1JRr2kg
— Mohamed Maleeh Jamal (@maleehjamal) March 3, 2021
ބްރޯޑްކާސްޓަރުން ރެގިއުޅޭޓްކުރަން އޮންނަ ބްރޯޑްކާސްޓިން ކޮމިޝަނަށް އެމްޑީޕީގެ މެމްބަރެއްކަމަށްވާ، މުހައްމަދު ފަޒީން އައްޔަންކުރަން ފާސްކުރީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. ނަމަވެސް ކޮމިޓީން އެންމެ މަތިން މާކްސް ދީފައި އޮތީ ޝިފްޒާއަށެވެ. ކޮމިޓީން ޝިފްޒާއަށް މަތިން މާކްސް ދިން ނަމަވެސް އިއްޔެ ނެގި ވޯޓުގައި ފުރަތަމަ ވޯޓަށް އެހީ ރައީސް ޞާލިޙް މަޖިލީހަށް ނަންތައް ފޮނުއްވި ތަރުތީބުން އެއްވަނައިގައި އޮތް އެމްޑީޕީގެ މެންބަރު ފަޒީނަށެވެ. ފަޒީނަށް އެމްޑީޕީގެ މެންބަރުން ރުހުން ދިނުމުން ޝިފްޒާގެ ނަމަށް ވޯޓަކަށް ނާހައެވެ.
ފަޒީނަކީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި، ތުޅާދޫ ދާއިރާގައި މެމްބަރު ހިސާން ހުސައިންއާ ވާދަކޮށް ބޮޑު ތަފާތަކުން ބަލިވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. ފަޒީން ބުނާ ގޮތުން އޭނާއަކީ އެމްޑީޕީ އުފެއްދުމަށް ފުރަތަމަ ސޮއިކުރެއްވި ފަރާތްތަކުގެ ތެރޭގައި ހިމެނޭ މީހެކެވެ.
ކިޔުންތެރިންގެ ހިޔާލު