ކޮވިޑްގެ ހާލަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ޓީމެއް، މަސައްކަތުގައި
ކޮވިޑްގެ ހާލަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ޓީމެއް، މަސައްކަތުގައި
ކޮވިޑް-19އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރަމުންދާ ފަރާތްތަކަށް ސަރުކާރުން ދޭން ކަނޑައަޅާފައިވާ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި މިހާތަނަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މި އެލަވަންސް ފްރަންޓްލައިން މަސައްކަތްތެރިންނަށް ދޭން ނިންމާފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ހައި ރިސްކް ކެޓަގަރީ، މީޑިއަމް ރިސްކް ކެޓަގަރީ އަދި ލޯ ރިސްކް ކެޓަގަރީއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ގޮތުގައި 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 10,945 ފްރަންޓްލައިން މަސައްކަތްތެރިންނަށް 101.97 މިލިއަން ރުފިޔާ ވަނީ އެލަވަންސްގެ ގޮތުގައި ދޫކޮށްފައެވެ.

ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށް ދުވާލަކަށް 500 ރުފިޔާ އެލަވަންސްގެ ގޮތުގައި ދޭއިރު މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށް ދުވާލަކަށް ދިނުމަށް ނިންމީ 250 ރުފިޔާއެވެ.

ލޯ ރިސްކް ކެޓެގަރީގައި ހިމެނޭ މީހުންނަށް ދޭން ނިންމީ ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.

ޖެނުއަރީމަހު ފްރަންޓް ލައިން އެލަަވަންސްގެ ގޮތުގައި ސަރުކާރުން ވަނީ 90.3 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި ޖެނުއަރީމަހު ފްރަންޓް ލައިން އެލަވަންސް ގެ ގޮތުގައި 10180 ފަރާތަކަށް މި އެލަވަންސް ވަނީ ދޫކޮށްފައެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާއި ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި، ލެބް ޓެކްނީޝަނުންނާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި ނުވަތަ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ.

މީޑިއަމް ރިސްކު މީހުންނަކީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ހިދުމަތް ދޭންނުޖެހުނު ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އަދި ލޯ ރިސްކު މީހުންނަކީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޯވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު


7

ޙާަލަތު

09-Mar-2021

ތީ ވަކިބަޔަކަށް ދޭ އެއްޗެއް


-6

ހީ ހީ ހަލާކު

09-Mar-2021

އެހެންވީމަ މިއުޅެވެނީ ނުބައި ލައިނެއްގައި. ބޮޑެތި ކްލަސްޓާ ތަކުގައި ޕޮޒިޓިވް މީހުންގޮވައިގެން , މިއުޅުނީ. އަދި އެންމެ ފަހަރަކު ވެސް ތިބުނާ އެލެވެންސް އެއް ނުލުބޭ



ޓްރެންޑިން