ރައީސް ޔާމިންގެ ސަރުކާރުން ތަރައްގީ ކުރި ހިޔާ ފްލެޓްތަކުގެ މައްސަލައިގައި ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމާއި ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި 7000 ހައުސިންގ ޔުނިޓްގެ ބޯހިޔާވަހިކަން، ނުވަތަ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ދިން ގޮތާއިމެދު ގިނަ ބަޔަކު ޝަކުވާ ކުރަމުންދަނިކޮށް، ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމާއި ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު މަޖިލީހަށް ހާޒިރުކުރަން ނިންމީ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީންނެވެ. އަސްލަމާއި ތޯހާގެ އިތުރުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދުވެސް ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފައެވެ.
ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވާއިރު، އެ ކޮމިޓީން އަންނަނީ ފްލެޓްތަކުގެ މައްސަލައިގައި ދިރާސާއެއްވެސް ކުރަމުންނެވެ. ހިޔާ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމުކޮށްފައިވާއިރު، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ފްލެޓް ދިން ގޮތާއިމެދު ޝަކުވާ ކުރަމުންނެވެ. މިކަމާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި، މިފަހަރު ފްލެޓް ނުލިބުނު ފަރާތްތަކަށް ދެން އިއުލާންކުރާ ހައުސިންގ ސްކީމްތަކަށް ފޯމް ހުށަހެޅުމެއް ނެތި އޮޮޓޮމެޓިކުން ބައިވެރިވެވޭ ގޮތް ހަމަޖައްސާނެކަމަށެވެ. ނަމަވެސް ހައުސިންގ މިނިސްޓްރީން ފަހުން ވަނީ އެއްކޮޓަރީގެ ކެޓެގަރީ ތަކުގެ ފޯމްތައް ބާތިލު ކުރިކަމަށް އިޢުލާން ކޮށްފައެވެ. މިނިސްޓްރީ ބުނީ މި ކެޓަގަރީ އުވާލައި ފޯމްތައް ބާތިލުކުރީ އެއީ ވުޖޫދުގައި ނެތް ފްލެޓް ތަކަކަށް ވާތީ ކަމަށެވެ.
ކުރީގެ ސަރުކާރުން ހިޔާ މަޝްރޫޢުގެ އެއް ކޮޓަރީގެ ފްލެޓްތައް ގާއިމު ކުރަން ނިންމާފައިވަނީ ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން ހަދާ ފްލެޓް އިމާރާތް ތަކުގައެވެ. މިތަންތަނަށް ވީ ގޮތެއް އަދި މާބޮޑަކަށް ސާފުކޮށްދީފައެއް ނުވެއެވެ. ސަރުކާރުން ބުނަނީ ބައެއް ކުންފުނިތަކަށް އެމަސައްކަތް ނުކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު