ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ
ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ
1988 ވަނަ އަހަރުގެ ނޮވެންބަރު 3ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ޖަލަށްލާފައި ހުއްޓާ ފިލި މައްސަލައިގައި ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އިއުތިރާފުވެ އެމައްސަލައިގައި ދެވެން އޮތް އެންމެ ލުއި އަދަބެއް ދިނުމަށް އެދިއްޖެއެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ލުތުފީ ފިލާފައިވަނީ 2010 ވަނަ އަހަރު އޭރުގެ އެމްޑީޕީ ސަރުކާރުން ބޭސް ފަރުވާއަށް ފޮނުވުމުންނެވެ. 9 އަހަރަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސްފައިވަނީ މިދިޔަ އަހަރު ހިމާޔަތް ހޯދުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔުމުން އެކަން ރާއްޖޭގެ މީޑިއާތަކުން ރިޕޯޓު ކުރުމުންނެވެ.

ޖަލު ހުކުމެއް ތަންފީޒުކުރަން ޖަލުގައި ހުރުމަށްފަހު ފިލި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި "މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ" ދައުވާގެ އަޑުއެހުމެއް މިއަދު ބޭއްވިއިރު، މިއަދު އޮތް ޝަރީޢަތުގެ އަޑުއެހުމުގައި ލުތުފީ ވަނީ ކުށަށް އިިއުތިރާވެފައެވެ. އަދި ޤާނޫނުގައި އޮތް އެންމެ ކުޑަ އަދަބެއް އޭނާއަށް ދިނުމަށް ޝަރީއަތުގައި އެދުނެވެ.

ކުލީ ސިފައިން ގޮވައިގެން ރާއްޖެ އަރާ 19 ދިވެހިން ޝަހީދުކޮށްލި މައްސަލާގައި ލުތުފީގެ މައްޗަށް މަރަށް މަރު ހިފަން ކޯޓުން ހުކުމްކުރި ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު އެ އަދަބު އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ލުއިކޮށްދެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ކަމަން ޑޯކުލާ

06-Mar-2021

އެމްބަސީއަށް ދިއުމުންނޭ, ބަލަ އޭނަ އެމްބަސީގަ ފިލުވައިގެން ގެންގުޅުނީނު.



ޓްރެންޑިން