ރ. އަތޮޅުގައި އިތުރު އެއަރޕޯޓެއް ތަރައްޤީކުރައްވާނޭކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކައުންސިލް އިންތިޚާބުތަކުގައި ވާދަކުރައްވާ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލޙު ވިދާޅުވީ ރ. އަތޮޅަށް އިތުރު އެއަރޕޯޓެއް މުހިންމު ކަމަށެވެ. އެހެންކަމުން އެ އަތޮޅުގައި ދެން އަޅާ އެއަރޕޯޓެއް ހަދާނީ ހުރިހާ ރަށަކަށް އެންމެ ރަނގަޅު ގޮތަކަށް ބެއްލެވުމަށްފަހުގައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ރ. އަތޮޅުގެ ދެކުނުގެ ރަށްތަކަށް ދަތުރުކުރެވޭނެ ފަސޭހަ ނިޒާމެއް މުހިންމުކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން އެކަން ހައްލުކުރެއްވުމަށް ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތެއް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއަރޕޯޓް އަޅާނެ ރަށެއް ރައީސް ވިދާޅެއްނުވެއެވެ.
ރ. އަތޮޅުގައި މިވަގުތު އޮންނަނީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީކުރި އިފުރު އެއަރޕޯޓެވެ. މި އެއަރޕޯޓްގައި 1200 މީޓަރުގެ ރަންވޭއެއް އޮވެއެވެ. އެއަރޕޯޓް މެނޭޖުކުރަނީ ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަނުންނެވެ.
މި ސަރުކާރުން ވެސް ގިނަ އެއަރޕޯރޓް ތަކެއް ތަރައްގީ ކުރަން އަމާޒުހިފާފައި ވާއިރު މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު