ދިވެހިން ލިބޭ ވަޒީފާތަކަށް ބޭރު މީހުން ނުގެނެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރަށްވެހި ފަތިސް ބައްދަލުވުމުގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ އެކި ދާއިރާތަކުން ދިވެހިން ބިނާކުރުމަށް ސަރުކާރުން އެކި ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ވޯލްޑް ބެންކުގެ އެހީގައި މިހާރުވެސް މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ތަމްރީންކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިން ވަޒީފާތަކަށް ތަމްރީންކުރާއިރު، ބޭރު މީހުން ވަޒީފާތަކަށް ގެންނަ ނިސްބަތް މަދުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ބޭރު މީހުން ގެނެވޭނީ ދިވެހިން ލިބެން ނެތް ވަޒީފާތަކަށް ކަމުގައި، ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ފައްޔާޒް ވިދާޅުވިއެެވެ.
ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ބޮޑުވެފައިވާއިރު، ކޮވިޑާ ގުޅިގެން ވަޒީފާ ނެތް ދިވެހިންގެ މައްސަލަވެސް ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ. މިމައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަރުކާރުން ބުނާއިރު، އޭގެ ތެރޭގައި ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ތަކެއް ވެސް ކޮންމެވެސް ވަރަކަށް ކޮށްފައި ވެއެވެ. ނަމަވެސް ބިދޭސީން "އުނގު ވިޔަފާރި" ކުރުމާއި ދިވެހީންގެ ނަމުގައި ހިންގާ ކަންމަތީ ފިހާރަތަކާއި ކެފޭތައް ހިންގުމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން ދާއިރު އެކަން ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މާބޮޑު މަސައްކަތެއް ނުކުރާ ކަމުގެ ތުހުމަތު ވެސް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު