ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން އަލުން ފެށުމަށް އަންނަ ހޮނިހިރުދުވަހުގެރޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އިއްތިހާދުން ނިންމައިފިއެވެ.

އިދިކޮޅުން ބާއްވާ މިޖަލްސާގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނު އަލުން ލޯންޗުކުރާނެއެވެ. ހޮނިހިރު ދުވަހުގެރޭ 9.00 ގައި ބާއްވާ މިޖަލްސާ އޮންނަނީ ވާޗުއަލްކޮށްކަމަށާއި، މިޖަލްސާގައި އިދިކޮޅު ކޯލިޝަނުގެ ފަރާތުން ކައުންސިލު އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ބައިވެރިވާނޭކަމަށް މައުލޫމާތު ލިބެއެވެ.

އިދިކޮޅު ކޯލިޝަނުން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލިހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ މި ޖަލްސާގައި އެ ކޯލިޝަނުން ވަރަށް ގިނަ މުހިއްމު މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ކެމްޕޭނުގައި ބޭނުންކުރާ ޝިއާރުތައް އިފުތިތާހުކުރުން އެ ޖަލްސާގައި އޮންނާނެކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން ބޭއްވި އެންމެ ބިޔަ ބޮޑު ޖަލްސާއާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު ރަސްމީކޮށް ފެށިކަން އިދިކޮޅުން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމުން އެޅި ހަރުކަށި ފިޔަވަޅު ތަކުގެ ސަބަބުން އިންތިޚާބު ބާއްވާ ތާރީޚު ވެސް ފަސްކޮށްފައި ވުމާއެކު އިންތިޚާބުގެ ކެމްޕޭން ވެސް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން