ކުރިން ތާވަލުކޮށްފައި އޮތްގޮތަށް ރާއްޖޭގައި މިއަހަރު އޭލެވެލް އިމްތިހާނު އޮންނާނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމިނިސްޓްރީން ބުނީ، ކުރިންވެސް ތާވަލުކުރި ގޮތަށް މިއަހަރުގެ މޭ އަދި ޖޫންމަހު އޭލެވެލް އިމްތިޚާުނު އޮންނާނެކަމަށެވެ. އަދި މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން އިމްތިޚާނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އެޑިއުކޭޝަނުން ބުނެވެއެވެ.

އެޑިއުކޭޝަނުން ބުނީ ރާއްޖޭގައި އޮންނަ އިމްތިޚާނުގައި ދޭނީ އެޑެކްސެލްއިން ތައްޔާރުުކުރާ ޓެސްޓް ޕޭޕަރެއްކަމަށާއި، ސެޓްފިކެޓްވެސް ދޭނީ އެޑެކްސެލްއިންކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ބާއްވަން އުޅުނު ޖީސީއެސްއީއާއި އޭލެވެލް އިމްތިހާން އިނގިރޭސިވިލާތުން ކެންސަލްކުރުމާއެކު، ރާއްޖެއިން ވަނީ އެ ދެ އިމްތިހާނު މިއަހަރުގެ މެއި، ޖޫންއަށް ފަސްކޮށްފައެވެ.

ކޯވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުގެ ސަބަބުން 2020ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން