އައްޑޫ ސިޓީ ހުޅުމީދޫ
އައްޑޫ ސިޓީ ހުޅުމީދޫ
ކޯވިޑާއި ގުޅިގެން މޮނިޓަރިންގެ ހާލަތުގައި އޮތް އައްޑޫ ސިޓީގެ ހުޅުމީދޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަންމާލައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި މިދިޔަމަހުގެ 24 ވަނަ ދުވަހު ހުޅުމީދޫގައި އެޅި ފިޔަވަޅުތައް އިތުރު 7 ދުވަހަށް ދަންމާލުމަށް ނިންމާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

ކޯވިޑްގެ ކޭސްތަކެއް ހުޅުމީދޫގައި ފެނިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން ހިމެނެއެވެ. އަދި ރޭގަނޑު އަށަކުން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުމާއި، ސެލޫން، ޖިމް އަދި ބޯކޮށާ ތަންތަން ބަންދުކުރުމާއި، ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުންވެސް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

ކޯވިޑާއި ގުޅިގެން އައްޑޫ ސިޓީގެ އެހެން އަވަށްތައްވެސް މޮނިޓަރިންގވެ ހާލަތަށް ގެނެސް ފިޔަވަޅުތަކެއް ވަނީ އެޅައިފައެވެ. ނަމަވެސް އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށުގައި އިއުލާންކުރި ކާފިއު މިހާރު ވަނީ އުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން