ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ކޯޓުން ކުރި ޢަމުރު އިސްތިއުނާފަށް ހުށައެޅުމުން، އެމައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށައަޅައިފިއެވެ.
އެމައްސަލަ އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށެވެ.
އަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފަށް ހުށަހެޅުމުން އެކޯޓުން އެމައްސަލަ ބޭރުކޮށްލީ، މުއްދަތު ހަމަވިފަހުން އެމައްސަލަ އިސްތިއުނާފް ކުރުމުންނެވެ.
ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތުކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ކޯޓުން ނިންމީ އަލީ ވަހީދުގެ ސިއްހީ މައްސަލަތަކަށް ބެއްލުވުމަށްފަހުއެވެ. ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް އުފުލާފައިވާއިރު އެ މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަނީ ފަށާފައެވެ.
ޕާސްޕޯޓް ދޫކޮށްލުމާއެކު އަލީ ވަހީދު ވަނީ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައެވެ.
މިމައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންވެސް ދަނީ ދިރާސާކުރަމުންނެވެ. އެގޮތުން މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި އިމިގްރޭޝަންގެ ބޭފުޅުން މަޖިލީހަށް ހާޒިރުކޮށް، އެކަމާއި ގުޅޭގޮތުން ސުވާލުކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު