ބަންގްލަދޭޝްގެ އެއަރފޯސްގެ މެޑިކަލް ޓީމަށް ވެލާނާ ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދަންނަވަނީ.
ބަންގްލަދޭޝްގެ އެއަރފޯސްގެ މެޑިކަލް ޓީމަށް ވެލާނާ ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދަންނަވަނީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙުގެ އެދިވަޑައިގެންނެވުމުގެ މަތިން "ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ އެއަރފޯސްގެ މެޑިކަލް ޓީމެއް މިއަދު ހަވީރު ރާއްޖެ އަތުވެއްޖެއެވެ.

ބަންގްލަދޭޝްއިން ރާއްޖެއަށް އައި މިޓީމުގައި 10 ނަރުހުންނާއި، 7 މެޑިކަލް އެސިސްޓެންޓުން އަދި އެނެސްތިޒިއޮލޮޖިސްޓެއް ހިމެނެއެވެ. މިޓީމު މަސައްކަތްކުރާނީ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ އިތުރުން ގދ. ތިނަދޫ، ލ. ގަން، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ހިންގަމުންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމްތަކުގައި ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. މި ޓީމު ދެމަސް ދުވަހު ރާއްޖޭގައި ތިބޭނެ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ސިއްހީ އެހީތެރިން އިތުރަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި ބަންގްލަދޭޝްއިން ރާއްޖެއަށް މިފަދަ ޓީމެއް ފޮނުއްވިކަމީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް ބަންގްލަދޭޝްއިން މެދުކެނޑުމެއްނެތި ވެދެމުންދާ އެހީތެރިކަމުގެ މިސާލެއްކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެފައިވެއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑުތަނުން ވަނީ ހަރުދަނާކުރެވިފައިވާކަމަށްވެސް އެމިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އޭކޭ. މޮމެންގެ ދައުވަތަކަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދު ﷲ ޝާހިދު، ފެބްރުއަރީ މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވެއެވެ. މިނިސްޓަރގެ މިދަތުރުފުޅުގައި ކޮވިޑް-19 އާއި ގުޅިގެން ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެކި ގޮތްގޮތުން ލިބެމުންދާ އެހީތެރިކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި، ޚާރިޖީ ވަޒީރު ޑރ އޭ ކޭ މޮމެންގެ އިތުރުން ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނާއި އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ޚާއްސަ ޝުކުރެއް އަދާކުރިއެވެ.

މިނިސްޓަރ ޝާހިދު ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ކެމްޕޭނަށް އެހީތެރިކަން ހޯދުމަށް، ބަންގްލަދޭޝް ސަރުކާރަށް ދަޢުވަތު އަރުވާފައިވެއެވެ.

ދިވެހި ސަރުކާރުގެ ދައުވަތު ގަބޫލުކޮށް މިއަދު ހަވީރު ރާއްޖެއައި ބަންގްލަދޭޝްގެ މެޑިކަލް ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޑރ ޝާހު މާހިރުގެ އިތުރުން ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެއަރ އެޑްމިރަލް (ރޓ) ނަޒްމުލް ޙަސަން އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓް ކާނަލް ހުސައިން ފައިރޫޝް އަދި ލެފްޓިނަންޓް ކާނަލް ހަސަން ބުޝްރީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން