މިނިސްޓަރ ފައްޔާޒް އަދި މެމްބަރު ނިހާދު
މިނިސްޓަރ ފައްޔާޒް އަދި މެމްބަރު ނިހާދު
މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަަކަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ތައުރީފް ކުރައްވައިފިއެވެ.

މެމްބަރު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ދިވެހި މަސައްކަތްތެރީންގެ ހައްޤު ކަށަވަރުކޮށްދޭނެކަމަށެވެ. އަދި ރާއްޖޭގައި ސަޤާފަތެއްހެން އޮތް އިންސާނުން ވިއްކާ ވަގުފާރި ހުއްޓުވައި، ރައްޔިތުމީހާއަށް ހައްޤު މިންވަރު ހޯދައިދޭން ކުރަންޖެހޭ ބުރަ މަސައްކަތްތައް ދަނީ ކުރެވެމުންކަމަށް ނިހާދު ވިދާޅުވިއެވެ. އަދި އެމަސައްކަތްތަކަށް މިނިސްޓަރ ފައްޔާޒަށް ނިހާދު ވަނީ ސާބަސް ދެއްވާފައެވެ.



މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު ދިވެހިން ލިބޭ ވަޒީފާތަކަށް ބޭރު މީހުން ނުގެނެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ފައްޔާޒު ވިދާޅުވީ އެކި ދާއިރާތަކުން ދިވެހިން ބިނާކުރުމަށް ސަރުކާރުން އެކި ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ވޯލްޑް ބޭންކުގެ އެހީގައި މިހާރުވެސް މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ތަމްރީންކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ބޮޑުވެފައިވާއިރު، ކޮވިޑާ ގުޅިގެން ވަޒީފާ ނެތް ދިވެހިންގެ މައްސަލަވެސް ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ. މިމައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަރުކާރުން ބުނާއިރު، އޭގެ ތެރޭގައި ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ތަކެއް ވެސް ކޮންމެވެސް ވަރަކަށް ކޮށްފައި ވެއެވެ. ނަމަވެސް ބިދޭސީން "އުނގު ވިޔަފާރި" ކުރުމާއި ދިވެހީންގެ ނަމުގައި ހިންގާ ކަންމަތީ ފިހާރަތަކާއި ކެފޭތައް ހިންގުމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން ދާއިރު އެކަން ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މާބޮޑު މަސައްކަތެއް ނުކުރާ ކަމުގެ ތުހުމަތު ވެސް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޭައަފީފު

05-Mar-2021

މިއަދުން މިއަދަށް ވަގު ވިޔަފާރިއާއި ވަގު މަސައްކަތް ހުއްޓުވަން ޖެހޭ ދިވެހިން މިތިބީ ނިކުންނަން ތައްޔާރަށް



ޓްރެންޑިން