އަބަދު އަންހެންކުދިން އޮބި އަޅުއްވަން ނޫޅުއްވުމަށް ރައީސް ނަޝީދު ސަރުކާރުގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު، އިސްލާމް ދީނުގެ ޢިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒަށް ގޮވާލައްވައިފިއެވެ.
ޑރ. މުހައްމަދު އިޔާޒު ކުރެއްވި ޓްވީޓަކަށް އިޝާރާތްކުރައްވައި ދިޔާނާ ވަނީ އަބަދު އަންހެންކުދިން އޮބި އަޅުއްވަން ނޫޅުއްވައި، އިސްތައް ތިރިކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި އިޔާޒުގެ ބަލިކަށި ހިތުގައި "މޮޑެސްޓީ" ބެލްޓެއް އަޅުއްވާ، މައިތިރިވެ ވަޑައިގެންނެވުމަށް ދިޔާނާ ވަނީ ނަސެހަތްތެރިވެ ވަޑައިގެންފައެވެ.
ދިޔާނާ ރައްދުދެއްވި އިޔާޒުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ތިބާގެ އަންހެން ދަރިފުޅަކީ ތިބާގެ ގާތުގައި ކުޑަކުއްޖަކަށް ވިޔަސް އެހެން މީހުންގެ ނަޒަރުގައި އެއީ އަންހެނެއްކަމަށެވެ. އެހެންކަމުން ދަރިން ހެދުން އަޅާ ގޮތާއިމެދު ސަމާލުވުމަށް އިޔާޒުގެ ޓްވީޓްގައި ނަސޭހަތްތެރިވެ ވަޑައިގެންފައި ވެއެވެ. އަދި އުމުރުން ކިތަންމެ މައްޗަށް ދިޔަޔަސް ބަލިކަށި ހިތްތަކަކީ ބޮޑުވެގެންވާ ފިތުނައެއްކަމަށް އިޔާޒު ވިދާޅުވެފައި ވެއެވެ.
މިވާހަކަތަކަށް އިޝާރާތްކުރައްވައި ދިޔާނާ ވަނީ ފާޅުގައި ތަފާތުކުރުމުގެ ފަލްސަފާ ފަތުރައްވާއިރު ޖެންޑަރ މިނިސްޓްރީއަށް އެކަންކަން ނުފެންނަނީތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
ޑރ. އިޔާޒު ފާހަގަ ކުރެވިފައިވަނީ ވަރަށް ފާޅުގައި އެފަދަ ކަންކަމަށް ފާޑުވިދާޅުވެ މީހުންގެ އެފަދަ ސުވާލުތަކަށް ވަރަށް ސާފު ސީދާ ޖަވާބުތައް ދެއްވައި ނަސޭހަތްތެރިވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. މީގެ ސަބަބުން ބައެއް ޒުވާނުންނާއި ހުޅަނގުގެ ވިސްނުމާއި ފިކުރުތައް ބަލައިގަންނަ ފަރާތްތަކުން ދިޔާނާ ދެއްވި ފަދަ ބަހުގެ ހަމަލާތައް ޑރ. އިޔާޒަށް ދެއްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.

Abadhu anhen kudhin obi alhuvan noolhuvvaa iss thirikuravvaa thiya ‘bali kashi hithuga’ modesty belteh alhuvvaa thiya maithirikuravvaa.
— Dhiyana 🎈?🌹 (@dhiyanasaid) March 4, 2021
Faalhuga mi thafaathukurumuge falsafaa fathuruvvaairu Gender Ministry ah mi adu ivivadaigannavaa tho? pic.twitter.com/wNa2X6Sf2b
ދިޔާނާ ރައްދުދެއްވި އިޔާޒުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ތިބާގެ އަންހެން ދަރިފުޅަކީ ތިބާގެ ގާތުގައި ކުޑަކުއްޖަކަށް ވިޔަސް އެހެން މީހުންގެ ނަޒަރުގައި އެއީ އަންހެނެއްކަމަށެވެ. އެހެންކަމުން ދަރިން ހެދުން އަޅާ ގޮތާއިމެދު ސަމާލުވުމަށް އިޔާޒުގެ ޓްވީޓްގައި ނަސޭހަތްތެރިވެ ވަޑައިގެންފައި ވެއެވެ. އަދި އުމުރުން ކިތަންމެ މައްޗަށް ދިޔަޔަސް ބަލިކަށި ހިތްތަކަކީ ބޮޑުވެގެންވާ ފިތުނައެއްކަމަށް އިޔާޒު ވިދާޅުވެފައި ވެއެވެ.
މިވާހަކަތަކަށް އިޝާރާތްކުރައްވައި ދިޔާނާ ވަނީ ފާޅުގައި ތަފާތުކުރުމުގެ ފަލްސަފާ ފަތުރައްވާއިރު ޖެންޑަރ މިނިސްޓްރީއަށް އެކަންކަން ނުފެންނަނީތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
ޑރ. އިޔާޒު ފާހަގަ ކުރެވިފައިވަނީ ވަރަށް ފާޅުގައި އެފަދަ ކަންކަމަށް ފާޑުވިދާޅުވެ މީހުންގެ އެފަދަ ސުވާލުތަކަށް ވަރަށް ސާފު ސީދާ ޖަވާބުތައް ދެއްވައި ނަސޭހަތްތެރިވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. މީގެ ސަބަބުން ބައެއް ޒުވާނުންނާއި ހުޅަނގުގެ ވިސްނުމާއި ފިކުރުތައް ބަލައިގަންނަ ފަރާތްތަކުން ދިޔާނާ ދެއްވި ފަދަ ބަހުގެ ހަމަލާތައް ޑރ. އިޔާޒަށް ދެއްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު