ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ހަޑިހުތުރު ބަސް ބޭނުންކުރި މައްސަލައިގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އޭނާ އިންކާރުކުރައްވައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު އަދުރޭގެ މައްޗަށް ދައުލަތުން މި ދައުވާ އުފުލީ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވި ދުވަހު ކްރިމިނަލް ކޯޓުގެ ބޭރުގައި އޮތް މުޒާހަރާގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ހަޑިހުތުރު ބަހެއް ބޭނުންކުރެއްވުމުނެވެ. މިމައްސަލައިގައި އަދުރޭގެ މައްޗަށް އުފުލާފައިވަނީ ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއެވެ.

މިއަދު ބޭއްވި އެ ޝަރީއަތުގެ އަޑުއެހުމުގައި އަދުރޭ ވަނީ ދައުވާއަށް އިންކާރުކުރައްވާފައެވެ. އަދި ޤާނޫނުގައި ބުނާ އެއްޗަކާއި ކޮށްފައިވާ ދައުވާއަކާއި ސާފު ނުވާކަމަށް ބުނެ ބައެއް ސުވާލުތައް ވަނީ އުފައްދާފައެވެ. އެހެންނަމަވެސް މި ސުވާލުތަކަށް ދައުލަތުން ޖަވާބުދާރީވުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތް ކުރިޔަށް ގެންދެވުމަށް ނިންމަވާފައެވެ.

މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށްގެންދާއިރު، ދެން އޮންނަ އަޑުއެހުމެއްގައި ދިފާއުން ހުށައަޅަން ޖެހޭ ކަންކަން އަންނަ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ހުށައެޅުމުގެ ފުރުސަތު ވަނީ ދީފައެވެ.

ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އިއުތިރާފުވެއްޖެ ނަމަ އަންނާނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކާއި ދެކޮޅަށް މިފަދަ ދަޢުވާތައް ސަރުކާރުން އުފުލަމުން ދަނީ އިދިކޮޅު ފަރާތްތައް ބަލިކަށިކޮށްލައި އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ކަމަށް ކަމަށް އިދިކޮޅުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ބޯގޯސް

06-Mar-2021

އިދިކޮޅު ސިޔާސީ ފަރާތްތަކާއި ދެކޮޅަށް މިފަދަ ދަޢުވާތައް ސަރުކާރުން އުފުލަމުން ދަނީ އިދިކޮޅު ފަރާތްތައް ބަލިކަށިކޮށްލައި އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ކަމަށް ކަމަށް އިދިކޮޅުގެ އިސް ބޭފުޅުން ވިދާޅުވެއެވެ. މީ އަމިލަ ފާދާ ނަގަން ވެގެން ލިޔާފާ.. އަދުރޭ އިންކާރުކުރިޔަސް ނުކުރިޔަސް އެކަން ކުރި ކަން އެންމެން ވެސް ހެކިވާނެ..



ޓްރެންޑިން