ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ މީޑިއާއަށްކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި ހިމާޔަތްކުރުމަށްޓަކައި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ރާއްޖޭގައި ތަންފީޒުކުރަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި އުސޫލުތައް ތަންފީޒުކުރުން މިހާރަށްވުރެ ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަށްވައި އޭނާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރާ ގުޅޭގޮތުން މައުލޫމާތު އާންމު ކުރަށްވަމުންނެވެ.
މިޤަރާރަށް އިޝާރާތްކުރައްވައި ކުރެއްވި ޓްވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ހޭލުންތެރިކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވޭނެ އެއް ބަޔަކީ މީޑިއާކަމަށެވެ. އަދި މީޑިއާގެ ދައުރުު މިކަމުގައި ބޮޑުވާންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އިއްޔެ މަޖިލީހުގެ ޖަލްސާއަށް ގަރާރު ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ދިވެހިރާއްޖެއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ތަންފީޒުކުރަން ފަށާފައިވާ ގައުމެއްކަމަށެވެ. އަދި އެޤާނޫނުގެ ދަށުން 9500 ފަރާތަކަށް މާލީ އެހީތެރިކަން ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ޤާނޫނުން ލާޒިމުކުރާ ބައެއް ކަންކަން އެންމެ އެދެވޭގޮތުގައި ނުކުރެވޭކަމަށާއި އެތައް ކަމަކުން އެމީހުންގެ ހައްގުތައް ގެއްލިގެން ދިޔުމާއި ނިގުޅައިގަތުމުގެ އިތުރުން މުޖުތަމައުގައި އިތުރަށް ހަވާސާވަމުންދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

@mvpeoplesmajlis gai #Disability aa gulhey qaraarah bahus feshi massalathah dhanee hissaa kuramun.
— Adam Shareef Umar (@Adamshareefz) March 4, 2021
Nukulhedhuntherikan hunna faraaiythakuge himaayathaai rakkaatheri kamattakai heyluntheri kurumuge emme bodu dhaureh adhaakureveyne eh bayakee media. Media ge dhauru boduvaanjehey.
އިއްޔެ މަޖިލީހުގެ ޖަލްސާއަށް ގަރާރު ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ދިވެހިރާއްޖެއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ތަންފީޒުކުރަން ފަށާފައިވާ ގައުމެއްކަމަށެވެ. އަދި އެޤާނޫނުގެ ދަށުން 9500 ފަރާތަކަށް މާލީ އެހީތެރިކަން ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ޤާނޫނުން ލާޒިމުކުރާ ބައެއް ކަންކަން އެންމެ އެދެވޭގޮތުގައި ނުކުރެވޭކަމަށާއި އެތައް ކަމަކުން އެމީހުންގެ ހައްގުތައް ގެއްލިގެން ދިޔުމާއި ނިގުޅައިގަތުމުގެ އިތުރުން މުޖުތަމައުގައި އިތުރަށް ހަވާސާވަމުންދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު