ޑރ. ޝަހީދާއި އިޔާޒާއި ދެމެދު ބަހުގެ ހަމަލާތަކެއް ނުވަތަ "ކޯޅުމެއް" ފެށުނީ، ދީނީ އިލްމުވެރިންނަކީ ސިޔާސީ ބޭނުންތަކާއި ނުފޫޒުތަކުން އެކަހެރިވެގެން ތިބެންޖެހޭ ބައެއްކަމުގައި ޑރ. ޝަހީދު ވިދާޅުވުމުންނެވެ. ޝަހީދު ވިދާޅުވީ އިލްމުވެރިންނަކީ އެމީހުންގެ އިލްމާއި ވިސްނުމާއި މައުލޫމާތުވެސް އެންމެ ފުރިހަމަ ނޫންކަން ދަންނަ މީހުންކަމަށެވެ. އަދި އެއްވެސް އިންސާނަކަށް ފުރިހަމަ އިލްމާއި މަޢުލޫމާތު ލިބިފައިނުވާކަން ޝަހީދު ފާހަގަކުރެއްވިއެވެ.
Ilmu verinnah ilmuveringe gothuga thibeveynee siyaasee nufoozthakaa siyaasee maqaamuthakaai beynun thakaa ekaherive thibigen. Ilmu verinnaky emeehunge ilmaa visnumaai maaloomaathves emme furihama noonkan dhanna meehun. Evves insaanakah furihama ilmaai maaloomaath libifaeh nuve!
— Ahmed Shaheed (@ahmedshaheed) March 2, 2021
ޝަހީދުގެ މިވާހަތަކަށް ރައްދުދެއްވަމުން އިޔާޒު ވިދާޅުވީ އިލްމުވެރިންނާއި ޑރ. ޝަހީދުމެންނާއި ތަފާތުކަމަށެވެ. އެގޮތުން ދީނީ އިލްމުވެރިން އެދެނީ ﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދަންކަމަށާއި ފައިސާއަށް ނޫންކަމަށެވެ.
ilmuverinnai @ahmedshaheed mennai huri thafathaky: 2bai myhun ves myhun echchehi kyma dhera vane. Namaves manikfanu men neydhey adhi ummydhu nukura kameh ilmuverin Allah ge hazrathun edhi ummydhu kurane. ilmuverin masakkaiy kurany Allah ge russevumaai fussevun hoadhan.£ akah noon
— Dr.Mohamed Iyaz (@dr_iyaz) March 3, 2021
އިޔާޒުގެ މިވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. ޝަހީދު ވަނީ އެމަނިކުފާނަށް ކުރައްވާ ނުބައި ޝައްކުތަކާއި އިލްޒާމްތައް ކުރެއްވުމުގެ ކުރިން ކީރިތި ޤުރުއާންގެ ހުޖުރަތު ސޫރަތުގެ 12 ވަނަ އާޔަތް އަލުން ވިދާޅުވުމަށް ޑރ. އިޔާޒަށް ގޮވާލައްވާފައެވެ.
Komme insaanakah ves, adhi sheikeh kamah viyas, kameh hadhaan nethi dhaane. Veemaa, alhgudaa medhu thiya kuravvaa fadha nubaai shakku thakaai ilzaam thah kurevvumge kurin, Hujurat Surah ge 12 vana aayaiy alun vidhaalhuvumah naseyhaiy therivan. Ilmuverinnaky hiythiri baeh! https://t.co/1IDiN35Vsa pic.twitter.com/pEVFuh4Gd5
— Ahmed Shaheed (@ahmedshaheed) March 3, 2021
ހުޖުރަތު ސޫރަތުގެ 12 ވަނަ އާޔާތް އަލުން ވިދާޅުވުމަށް ޑރ. އިޔާޒަށް ގޮވާލައްވާފައިވާއިރު އެ އަޔާތުގެ މާނާގައިވަނީ ހީތަކާއި ޝައްކުތަކުން ދުރުވުމަށެވެ. އަދި އެކަމުގެ ނުބައިކަމުގެ ވާހަކަ މާތް ﷲ އެ އަޔާތުގައި ބަޔާންކުރަށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު