ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ދޭން އެމްޑީޕީ ނޫން ބަޔަކަށް ނޭނގޭނެ ކަމަށާ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ނިމުނު ފަހުން އައި ދެ ސަރުކާރުގައި ވެސް ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލާފައިވާ ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރު ވިދާޅުވެއްޖެއެވެ.
"ރާއްޖެ ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ވަރަށް މުހިއްމު ކަމަށެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް ބާރުތައް ވަކިން ހިނގަން ޖެހޭ ކަމަށް ގަބޫލު ކުރާ ޕާޓީއެއް ކަމަށާ ކައުންސިލްތަކަށް ދެވިފައިވާ ބާރުތަކެއްގެ ތެރެއަށް އެމްޑީޕީގެ ބާރު އޮތް ސަރުކާރާއި އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަންނަން ބޭނުން ނުވާނެ ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.
"އެމްޑީޕީއަކީ ބާރުތައް ވަކިން ހިނގަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ޕާޓީއެއް. ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ލިބުނު ނަމަވެސް ލާމަރުކަޒީ ބާރުތަކުން ކުރަން ޖެހޭ ކަންކަން ސަރުކާރާއި މަޖިލީހުގެ ތެރެއަށް ގެނެސްގެން ކުރުމަކީ އެމްޑީޕީގެ ވިސްނުމެއް ނޫން." އަނަސް ވިދާޅުވިއެވެ.
އަނަސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތައް ތަންފީޒު ކުރާއިރު ހުޅުމާލެ އޮންނާނީ މާލެ ސިޓީ ކައުންސިލްގެ ދަށުގައި ކަމަށެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މުނިސިޕަލްޓީ ޚިދުމަތްތައް ވެސް ފޯރުކޮށްދޭނީ ސިޓީ ކައުންސިލްގެ ފަރާތުން ކަމަށް އަނަސް ވިދާޅުވިއެވެ.
މާލެސިޓީކައުންސިލަށް އެމްޑީޕީގެ ފަރާތުން އަނަސް ވާދަކުރައްވާއިރު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ކުރީ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒު ވިދާޅުވަނީ މިހުރިހާ ދުވަހު މާލެ ސިޓީގެ މޭޔަރުކަން އެމްޑީޕީ ބޭފުޅަކަށް ދީގެން މާލޭގެ ރައްޔިތުންނަށް ވީ އެއްވެސް މަންފާއެއް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ. މުއިއްޒު ވިދާޅުވަނީ އޭނާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއިން މާލޭގެ ރައްޔިތުންނަށް ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު