ސަރުކާރުގެ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ތަރައްގީ ކުރުމަށް ގާއިމުކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަންގެ ބައެއް ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަމާލުކަމަށް ގެނަސްފިއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނުން މިކަންކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްފައިވަނީ، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ސޮއިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ފޮނުއްވި ސިޓީއެއްގައެވެ.
ފެނަކައިގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ ކަންކަން ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާއިރު، ފެނަކައާ ގުޅޭ ކޮރަޕްޝަންގެ ވަރަށް ގިނަ މައްސަލަތަކެއް އޭސީސީން އަންނަނީ ތަހުޤީޤްކުރަމުންނެވެ.
އޭސީސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީގައި ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތަކުގެ އަދާހަމަ މައުލޫމާތު ދީފައިވެއެވެ. އަދި ފެނަކައިން ހިންގާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން މިސިޓީގައި ފާހަގަކޮށްފައިވެއެވެ.
ފެނަކައާ ގުޅޭ 27 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާއިރު، ފެނަކައިން މިހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވާ ގޮތުން މިއީ ބަޔަކު ރަވައިގެން ކުންފުނީގެ އަގު ވައްޓާލުމަށް ހިންގާ މަސައްކަތްތަކެކެވެ.
ފެނަކަ ކުންފުނީގައި ހިނގާ ކޮރަޕްޝަންގެ މައްސަލަ ތަކެއް ރައީސްގެ ސަމާލު ކަމަށް އޭސީސީން ގެނަސްފައިވާ ކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް އެމައްސަލަ ތަކާ ބެހޭ އިތުރު ތަފުސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު