އަމިއްލަ ކުންފުންޏަކަށް 138 މިލިއަން ރުފިޔާ ދައްކަން އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ކުރި ޙުކުމެއް ހައި ކޯޓުން ބާތިލްކޮށްފިއެވެ.

ހައިކޯޓުން ބާތިލްކޮށްފައިވަނީ ޓަގު ބޯޓެއްގެ މައްސަލައިގައި ސިވިލް ކޯޓުން 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހު އެމްޕީއެލްގެ މައްޗަށްކުރި ޙުކުމެކެވެ. އެހުކުމުގައި ބުނެފައިވަނީ ސެންޓަރ އެންޓަރ ޕްރައިސަސް ނަމަކަށް ކިޔާ ކުންފުންޏަކާ 2008 ވަނަ އަހަރު ހަވާލުކުރި ޓަގު ބޯޓެއް ބަނުމުގެ މަސައްކަތުގެ އަގު ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިިވާ 138.9 މިލިއަން ރުފިޔާ އެކުންފުންޏަށް ދެއްކުމަށެވެ.

ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން މައްސަލަ ބެލުމަށްފަހު ކުރި ހުކުމްގައި ބުނެފައިވަނީ ޓަގު ބޯޓުގެ މަސައްކަތާ ގުޅޭ ޖޫރިމަނާ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. މި މައްސަލާގައިވެސް ހިމެނެނީ ހަމަ އެ އިންވޮއިސްތައްކަމަށް ވާތީ ކުރީގެ އެ ހުކުމް ދެމިއޮއްވާ އެ އިންވޮއިސްތަކަށް އަރާފައިވާ އަދަދު ޖޫރިމަނާގެ ފައިސާގެ ގޮތުގައި ދައްކަން ނުޖެހޭނެކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.

މިމައްސަލައިގައި ޖޫރިމަނާގެ އިތުރުން، އެހެން ބައެއް މަސައްކަތްތަކަށް 21 މިލިއަން ރުފިޔާ އެކުންފުންޏަށް ދައްކަން އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއްވެސް 2018 ވަނަ އަހަރު ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން