ރަށެއްގެ ނަމާއެކު މީހެއްގެ ނަން ކިޔަނީ ބަޔަކު ދެރަކޮށް، ނުވަތަ މޮޅުކުރާކަށް ނޫންކަމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވެފައި މިވަނީ، މާލޭ މީހުންގެ އިޙުސާސްތަކެއް ވަށަފަރު މީހަކަށް ނޭގޭނެ ކަމަށް ވިދާޅުވެ، ޕްރޮގްރެސިވް ކޯލިޝަނުން މާލޭ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފާޑު ވިދާޅުވެ އާޒިމް ވާހަކަދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ ހަފުތާގައި އޮތް މަޖިލީހުގެ ޖަލްސާއެއްގައި އާޒިމް ވިދާޅުވީ، މާލޭ ރައްޔިތުންގެ އިޙުސާސްތަކެއް ވަށަފަރު މީހަކަށް ނޭނގޭނެ ކަމަށާއި ހައުސިން މިނިސްޓްރީ ޔާމީނުގެ ވެރިކަމުގައި ވަށަފަރު ބޭފުޅަކާ ހަވާލުކޮށްފައި އޮތީ މާލޭ ރައްޔިތުންނަށް އިހުމާލުވުމުގެ ވިސްނުމުގައިކަމަށެވެ.
އާޒިމްގެ ވާހަކަތަކާއި ގުޅިގެން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެންމެ ފަހުން އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ރަށެއްގެ ނަމާއެކު މީހެއްގެ ނަން ކިޔަނީ ބަޔަކު ދެރަކޮށް، ނުވަތަ މޮޅުކުރާކަށް ނޫންކަމަށެވެ.
"އެއީ ރޭސިސްޓް ވާހަކަތަކެއްކަމަށް ދޭހަވާނަމަ، އެކަމާއި ވަރަށް ބޮޑަށް މައާފަށް އެދެން. އެކަމަކު އަޅުގަނޑު ގަބޫލެއް ނުކުރަން މިސާލަކަށް ކެލާ ޝަރީފްއޭ ބުނީމަ ކެލާ ދަށްކޮށްލީކަމަކަށް. ނުވަތަ މާލޭ ފަހްމީއޭ ބުނީމަ މާލެ މާމޮޅު ކޮށްލެވުނީކަމަށް. އެއޮންނަ ނަން ސީދާ ގޮތުގައި ބުނުމަކީ ރަށެއް ދަށްކޮށްލުމެއް ނޫން އަދި މީހަކު މޮޅު ކުރުމެއްވެސް ނޫން." އާޒިމް ވިދާޅުވިއެވެ.
މިވާހަކައިގެ ތެރެއިން އާޒިމް ވަނީ މުއިއްޒަށް އަމާޒު ކުރަމުންދާ ފާޑުކިޔުންތައް ތަކުރާރުކުރައްވާފައެވެ.
ވަށަފަރު މުއިއްޒުގެ ވާހަކަ ދެއްކީމަ މިބޭފުޅުން ކަންބޮޑުވެގެން މިއުޅެނީ.. 7 އަހަރު ވަންދެން ހައުސިންގް މިނިސްޓްރީއާ ހަވާލުވެހުރެ. އެންމެންނަށް އެނގޭ މާލޭގެ ރައްޔިތުން ނިކަމެތި ކުރި މީހަކީ މި މީހާކަން. ވަށަފަރު މުއިއްޒު. އެވާހަކަ ބުނުމަކީ ރޭސިސްޓް ވުމެއް ނޫން." އާޒިމް ވިދާޅުވިއެވެ.
ވަށަފަރާއި މުއިއްޒުއާ ގުޅުވައިގެން އާޒިމް ވާހަކަދައްކާފައިވާއިރު، މިިދިޔަ އަހަރުގެ ފެބްރުއަރީގައި އެމްޑީޕީން ކައުންސިލް އިންތިހާބު ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ މުއިއްޒުއަކީ ވަށަފަރަށް ނިސްބަތްވާ މީހެއް ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ، މުއިއްޒު އަކީ މާލެ ހަލާކުކޮށްލުމުގެ މޭސްތިރިއެއް ކަމަށާއި މާލޭ ރައްޔިތުން އޭނާއަށް ވޯޓެއް ނުދޭނެ ކަމަށެވެ. އަދި އެޖަލްސާގައި ރައީސް ނަޝީދު މުއިއްޒަށް ނިސްބަތް ކުރެއްވީ، "ހޮޅި މުއިއްޒު"ގެ ގޮތުގައެވެ.

“މާލޭގެ ރައްޔިތުންނާ ދޭތެރޭގައި ވަށަފަރު މުއިއްޒު ކަންކަންކޮށްފައިވާ ގޮތް ސާފުކޮށް އެބަ އިނގެންޖެހޭ. ވަށަފަރު މުޢިއްޒަކީ ރާއްޖޭގެ ހައުސިން މިނިސްޓްރީއާ ހަވާލުވެ މާލޭ ރައްޔިތުން ނިކަމެތިކޮށްލާ، މާލޭގެ ރައްޔިތުންގެ ބޯހިޔާ ވަހިކަން 7 އަހަރު ދުވަސް ވަންދެން ނަގާލި މީހެއް”@aliaazim pic.twitter.com/8fl5tNSKeY
— 𝐒𝐢𝐦 🇲🇻 (@Simwarr) March 4, 2021
ވަށަފަރާއި މުއިއްޒުއާ ގުޅުވައިގެން އާޒިމް ވާހަކަދައްކާފައިވާއިރު، މިިދިޔަ އަހަރުގެ ފެބްރުއަރީގައި އެމްޑީޕީން ކައުންސިލް އިންތިހާބު ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ މުއިއްޒުއަކީ ވަށަފަރަށް ނިސްބަތްވާ މީހެއް ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ، މުއިއްޒު އަކީ މާލެ ހަލާކުކޮށްލުމުގެ މޭސްތިރިއެއް ކަމަށާއި މާލޭ ރައްޔިތުން އޭނާއަށް ވޯޓެއް ނުދޭނެ ކަމަށެވެ. އަދި އެޖަލްސާގައި ރައީސް ނަޝީދު މުއިއްޒަށް ނިސްބަތް ކުރެއްވީ، "ހޮޅި މުއިއްޒު"ގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލު