ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިފަހުން އެއް ހަފްތާއެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިދިޔަ ހަފްތާގައިކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ހާމަކޮށްފިއެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ މިހާތަނަށް އެއް ހަފްތާތެރޭގައި މީގެކުރިން ކޯވިޑް ކޭސްތައް ނުފެންނަ ވަރަށް މާލެ ސަރަހައްދުން އެކަނިވެސް ކޯވިޑް ކޭސްތައް މިދިޔަ ހަފްތާގައި ފެނިފައިވާކަމަށެވެ.
އެޗްޕީއޭއިން ހަފްތާ ގުނަނީ އަންގާރައިން އަންގާރައަށް ކަމަށްވާއިރު މިދިޔަ އަންގާރަ ދުވަހާ ހަމައަށް ނިމިދިޔަ ހަފްތާގައި 1020 މީހުން ޕޮޒިޓިވް ވެފައިވާކަމަށް ނަޒްލާ ވިދާޅުވިއެވެ.
"އެއީ މިހާތަނަށް އެއްވެސް ހަފްތާއަކު ފެނިފައިނުވާ ކޭސް، މެދުތެރޭގައި ސެކަންޑް ޕީކްގައި އެންމެ ގިނައިން އެއްހަފްތާގައި ކޭސްތައް ފެނިފައި މިވަނީ 971 ކޭސް. ވޭތުވެދިޔަ 5 ހަފްތާއަށް ބަލާލާއިރު 900އިން މަތީގައި ކޭސްތައް މިއުޅޭނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ މިދިޔަ ހަފްތާއާ އެއްގޮތަށް މިހަފްތާގައިވެސް ކޭސްތައް އިތުރުވަމުންދާކަމަށެވެ.
މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު 20000 އިން މައްޗަށް ވަނީ އަރާފައެވެ. އަދި މިބަލީގައި މިހާތަނަށް 64 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު