ތަފާތު އެކި ހުއްދަތަކުގައި ރާއްޖެ އައިސް ދިވެހި ފަންނާނުންގެ މަސައްކަތަށް ހުރަސް އެޅޭގޮތަށް މަސައްކަތްކުރަމުންދިޔަ 60 ބިދޭސީއަކު ރާއްޖެއިން ފުރުވާލުމަށް އިމިގްރޭޝަނުން އަންގަވައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެވުމަށްފަހު، އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުންދާކަމަށެވެ. އޭގެ ތެރެއިންވެސް ފޮޓޯގްރާފަރުންގެ ގޮތުގައާއި އަދި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ޝާމިލް ކުރަމުންދާކަމުގެ ޝަކުވާތައް ގިނަކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.
އިމިގްރޭޝަނުން ބުނީ، އެއިދާރާއަށް ހުށައެޅުނު ޝަކުވާތައް ބެލުމަށްފަހު 60 މީހަކު ރާއްޖެއިން ފުރުވާލުމަށް އަންގާފައިވާކަމަށެވެ.
ރާއްޖެއިން ފުރުމަށް އަންގާފައިވާ މި 60 މީހުންގެ ތެރެއިން ބޯޑަރު ހުޅުވާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން ފުރާފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ބުނީ އަދިވެސް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ އެފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ފޮޓޯގްރަފީ އާއި މިއުޒިކީ މަސައްކަތްތައް ކުރުވަމުންދާކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބެމުންދާކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ފަންނާނުންނަށް ލިބޭ ފުރުޞަތުތައް ގެއްލި، މާލީގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ މަޢުލޫމާތު އެކި ފަރާތްތަކުން އެ އިދާރާއާއި ހިއްސާކުރަމުންދާކަމަށެވެ. އެހެންކަމުން އެފަދަ މަސަކަތްކުރުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަމުންދާނެކަމަށް އިމިގްރޭޝަނުގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު