ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމުގެ އުސޫލަށް ގެނައި ބަދަލެއްގެ ސަބަބުން 280 ފްލެޓް ގެއްލިގެން ދިޔަކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.
ފްލެޓްތަކުގެ މައްސަލައިގައި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯގެ ދެބައި ކުޅަ އެއްބައިކަމަށްވާ، 140 ފްލެޓް ކޮމާޝަލް މަސައްކަތްތަަކަށް ދޫކުރުމަށްކަމަށެވެ.
"ނަމަވެސް މި ސަރުކާރުން ނިންނި ނިންމުމެއް އެވަރު އާބާދީއަކަށް މަދޭ އެވަރުގެ ކޮމާޝަލް ހަރަކާތަަކަށް ޖާގައަށް. އެހެންވީމާ ސަރުކާރުން ނިންމީ ގްރައުންޑް ފްލޯ އެއްކޮށް ފްލެޓް ނުބަހައްޓަން. އެހެންވީމާ 280 ފްލެޓް މަދުވެގެން ދިޔައީ. ވާހަކައަކީ 7000 އަށްވުރެ މަދުވެފައޭ މިއޮތީ." ސުހައިލް ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވީ ކޮމާޝަލް މަސައްކަތްތަކަށް ނަގާ ޖާގަ އިތުރުކުރަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށެވެ. އެއީ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާއިރު އެތަނުގައި އެތައް ހާސް ބަޔަކު ދިރިއުޅޭނެކަމަށް ބެލެވޭތީ ފިހަރާތަކާއި ކޮންމެހެން ބޭނުންވާ ޒަރޫރީ ހިދުމަތްތައް ލިބޭނީ އެގޮތަށް ހަދައިގެންކަން ސުހައިލް ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމުކޮށްފައިވާ އިރު ގިނަ ބަޔަކު ދަނީ އޭގައި މައްސަލަތައް ހުރިކަމަށް ބުނެ ޝަކުވާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު