ދަރިންދެކެ މައިންބަފައިން ލޯބިވާ ފަދައިން އިލެކްޝަން ކޮމިޝަނުންވެސް ސިޔާސީ ޕާޓީތައް ދެކެ ލޯބިވާކަމަށާއި އުސޫލާ ޚިލާފުވާ ސިޔާސީ ޕާޓީތައް ޖޫރިމަނާކޮށް ބޮޑެތި ފިޔަވަޅުތައް އެޅުމަކީ އެކޮމިޝަންގެ މަގުސަދެއް ނޫން ކަމަށް އެކޮމިޝަނުގެ މެމްބަރު ފުވާދު ތައުފީގު ރޭ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ފުވާދު ވިދާޅުވީ ފިޔަވަޅު އެޅުމަކީ އީސީގެ ސިޔާސަތެއް ނޫން ކަމަށާ ސިޔާސީ ޕާޓީއަކުން ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާނަމަ ކޮމިޝަންގެ ފަރާތުން އެޕާޓީއަށް ސިޓީ ފޮނުވަމުންދާ ކަމަށެވެ. ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިކަމަށްވާނަމަ ޕާޓީތަކުގެ ވެރިންނާއި ބައްދަލުކޮށް ނަސޭހަތް ދެވޭނެ ކަމަށްވެސް ފުވާދު ވިދާޅުވިއެވެ. އަދި ތިންވަނަ ފަހަރު ނަމަ އިންޒާރު ދޭނެ ކަމަށް ވެސް ފުވާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިންޒާރާއެކުވެސް ކުށްތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ.

އަދި ކޮވިޑް-19ގެ މި ޕެންޑަމިކްގައި ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑާއި ހިލާފަށް އަމަލުކުރާނަމަ އެސިޔާސީ ޕާޓީތަކަށް ނަސޭހަތް ދެމުންދާ ކަމަށެވެ.

"ހަމައެކަނި ފިޔަވަޅު އެޅުމަކީ އެހާ ރަނގަޅު ގޮތެއް ނޫން ކަމަށް މިހާރުގެ ކޮމިޝަންގައި ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަންނަވާތީވެ ހަމަ މިބަލަނީ އެގޮތަށް ހިނގާ ކަންކަމުގައި ފުރަތަމަ އެބޭފުޅުންނަށް ސިޓީއެއް ފޮނުވަން. ދެން އެއަށްފަހު އެބޭފުޅުންނަށް ދައުވަތު ފޮނުވައިގެން ބައްދަލުކޮށްފައި ވާހަކަ ދައްކާފައި ނަސޭހަތްތެރިވެހަދަން. ދެން ވެސް އިތުރަށް ގޯސްވަންޏާ އަޅުގަނޑުމެން އިތުރަށް އިންޒާރު ވެސް ދެން. އެއަށްފަހު ދެން ފިޔަވަޅު މިދެންނެވި ފިޔަވަޅު އެޅުން. ޖޫރިމަނާ ކުރުން ކަހަލަ ބޮޑެތި ކަންތަކެއް ކުރަން. އެހެންނަމަވެސް ހުންނާނެ އެކަށީގެންނުވާ ކަންތައްތައް. ސިޔާސީ ޕާޓީތަކުގެ ތެރެއިން ވެސް ތިން ޕާޓީއަކަށް މި ދައުލަތުން ދެއްވާ ފައިސާ 10،000 މެމްބަރުން ހަމަވާތީ ފައިސާ މިދެނީ، އެމްޑީޕީ، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ. ތިން ޕާޓީ. ދެން ހުންނަ ޕާޓީތަކަކީ ދައުލަތުން އެއްވެސް އެއްޗެއް ދެވޭ ބައެއް ނޫން. އެމީހުންގެ ޖޫރިމަނާއެއްކޮށްލާފަ އެމީހުންގެ އަތުން ފައިސާ ނަގަން ބަލާއިރުވެސް އަޅުގަނޑުމެން އެބަ ވިސްނާލަން ޖެހޭ ބެލެނިވެރިއަކަށް ވަންޏާ މައިންބަފައިން ދަރިންދެކެ ވާކަހަލަ ލޯތްބެއް އެބަވޭ. އިލެކްޝަން ކޮމިޝަނުން ކޮންމެ ޕާޓީއަކާ މެދު ވެސް ވާނެ. އެހެންވީމަ އަސަރުކުރާ ގޮތްވޭ އެމީހުން އަތުން ޖޫރިމަނާ ކުރަން." ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ ސިޔާސީ ޕާޓީތައް ޖޫރިމަނާކޮށް ބޮޑެތި ފިޔަވަޅުތައް އެޅުމަކީ ކޮމިޝަންގެ މަގުސަދެއް ނޫން ކަމަށެވެ. މީގެ އިތުރުން ފުވާދު ވިދާޅުވީ 10،000 މެމްބަރުން ހަމަވެގެން ދައުލަތުން ފައިސާ ދޫކުރަނީ އެންމެ ތިން ޕާޓީއަށް ކަމަށެވެ. އެއީ އެމްޑީޕީ، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުވާދު މިފަދަ މޭރުމަކުން ވަހަކަ ދައްކަވާފައިވާއިރު ސަރުކާ ހިންގާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ސަރުކާރުގެ އެންގުން ތަކާ ޚިލާފަށް މަގުމަތީގައި މުޒާހަރާ ކުރަމުން ދާއިރުވެސް އީސީން ފިޔަވަޅު ނާޅާތީ އީސީއަށް ވަރަށް ބޮޑަށް ފަޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ހަސަން

05-Mar-2021

ޝަރީފޫ! ތިކަން ދަންނަން އަހަރުމެން. އަދި މިފަހަރު ވޯޓްދޭނީވެސް ތިޔަކަން އެނގިތިބެ.


12

ހަސަން

05-Mar-2021

ޝަރީފޫ! ތިކަން ދަންނަން އަހަރުމެން. އަދި މިފަހަރު ވޯޓްދޭނީވެސް ތިޔަކަން އެނގިތިބެ.



ޓްރެންޑިން