ޖަލުތަކުގައި ތިބި ގައިދީންނަށް ކޯވިޑް ވެކްސިން ދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީއިން ބުނެފިއެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާޠިމަތު ނަޒްލާ ވިދާޅުވީ ގައިދީންނަށް ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖައްސަވަމުން އަންނަކަމަށެވެ. އެގޮތުން ވެކްސިން ޖަހާނެ ޓީމްތައް ތަމްރީންކޮށްފައިވާއިރު، ފަހަރަކު ޖަލަކަށް ވެކްސިންގެ ޓީމުތައް ގޮސް ވެކްސިން ޖަހައިދެމުން ގެންދާނެކަމަށް ނަޒްލާ ވިދާޅުވިއެވެ.
ގައިދީންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމަށް ތައްޔާރުވަމުންދާއިރު، ބައެއް ޖަލުތަކުން ވަނީ ކޯވިޑްގެ ޕޮޒިޓިވް ކޭސްތައް ފެނިފައެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އިން ދިފާއުވުމަށްޓަކައި އެއްލައްކަ ތިރީސް ހަތް ހާހަށްވުރެ ގިނަ މީހުން ވަނީ ކޯވިޑް ވެކްސިން ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު