އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   5 މާރިޗު 2021 - 15:35
މިފަހަރު ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ހޮވިއްޖެނަމަ މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓާއެކު އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަށްވާ އަލްހާން ވިދާޅުވީ އޭނާގެ މޭޔަރުކަމުގައި މާލޭ ދަފްތަރު އުވާލާނެ ކަމަށާއި އަދި އެމީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭން 10،000 ގޯތި ހިލޭ ދޭނެ ކަމަށެވެ. އަދި ޓެކުހާ ނުލައި 600 އަކަފޫޓްގެ ބިން ދޫކުރުމަކީވެސް އަލްހާންގެ ވައުދެކެވެ.

އަލްހާން ވިދާޅުވީ ބަންޑާރަ ބިން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިއްސާކުރެވޭނީ ގާނޫނަށް ބަދަލު ގެނެވިގެން ކަމަށެވެ. އަދި އެކަން ކުރާނީ ރައްޔިތުންގެ މާލޭ މެންބަރުން ބިމާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހަކުން ކަމަށްވެސް ވިދާޅުވިއެވެ.

އަލްހާންގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ވަނީ މާލޭގެ އަސްލު ރަށްވެހިންނަށް ހުޅުމާލޭ އަވަށުގެ ހިއްކި ބިމުގެ ޖާގަ އޮތް މިންވަރަކުން ދިރިއުޅުމަށްޓަކައި ގެދޮރު ބިނާ ކުރާނެ ކަމަށެވެ.

ކުރިން ގިނަ ޕާޓީތަކެއްގައި އުޅުއްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި އަލްހާނަކީ މާލެ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރަށްވާ ހަމައެކަނި ކެންޑިޑޭޓެވެ.


ކިޔުންތެރިންގެ ހިޔާލު


5

މޫސަ

05-Mar-2021

މާލޭ މާލޭ މާލޭ. މިބަހުގެ މާނަ އަކީ ކޮބާ. މިއީ ފިނޮޅެއް އޮތް ތަނެއް ކޮންމާލެ މީހެކޭ ކިޔާކަށް


6

ޢަކާ

05-Mar-2021

ކަލެއަކަށް މަށެއް ވޯޓެއް ނުލާނަން



ޓްރެންޑިން