ހެލްތު މިނިސްޓަރ އަހުމަދު ނަސީމް، މިނިސްޓަރުކަމުގެ މަގާމާއި ހަވާލުވެލުއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް، މިނިސްޓަރުކަމުގެ މަގާމާއި ހަވާލުވެލުއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ހައިރިސްކު މީހުންނާއި ދުވަސްވީ މީހުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް އިލްތިމާސްކުރަށްވައިފިއެވެ.

ހައިރިސްކް މީހުންނާ ދުވަސްވީ މީހުން ވެކްސިން ޖެހުމާ ބެހޭގޮތުން މިނިސްޓަރ ނަސީމު މިއަދު ކުރައްވާފައިވާ ޓްވީޓުގައި ހައިރިސްކު މީހުންނާއި ދުވަސްވީ މީހުންނަށް ހުރި ކޮވިޑުގެ ނުރައްކާތެރިކަން ފާހަގަކުރައްވާ މިފަދަ މީހުންގެ ރައްކާތެރިކަން އިޚުތިޔާރު ކުރުމުގެ މުހިންމު ކަމަށް އަލި އަޅުއްވާލައްވާފައިވެއެވެ. މީގެއިތުރުން، ހައިރިސްކު މީހުންނާއި ދުވަސްވީ މީހުން ވެކްސިން ޖަހައި މިބަލިން ރައްކާތެރިވުމަށްވެސް މިނިސްޓަރ ވަނީ އިލްތިމާސްކުރަށްވާފައެވެ.

"ހައިރިސްކު މީހުންނާއި ދުވަސްވީ މީހުންނަށް ކޮވިޑު-19 ގެ ނުރައްކާ ބޮޑުވެގެންދޭ. މިފަދަ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެކްސިން ޖެހުން މުހިންމު. އުމުރުން ދުވަސްވީ މީހުން ވެކްސިން ޖެހުމުގައި ލުއިތަކެއް ހޯދައިދިނުމަށް، ހުރިހާ ވެކްސިންދޭ ސެންޓަރު ތަކެއްގައި ހާއްސަ ނިޒާމުތަކެއް އެޗްޕީއޭއިން ވަނީ ހަމަޖައްސާފަ." މިނިސްޓަރ ވިދާޅުވިއެވެ.



ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ. އަދި މިވެކްސިންޖެހުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 137،124 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.

މީގެއިތުރުން، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގެ 18 އަހަރުން މަތީގެ ހުރިހާއެންމެން ވެކްސިން ޖެހުމަށް މިހާރު ހުޅުވާލާފައެެވެ. މިގޮތުން މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި ވެކްސިން ދެމުން ދާނެކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ. މީގެތެރޭގައި، ސޯޝަލް ސެންޓަރު، އިސްލާމިކް ސެންޓަރު، ވިލިމާލެ ޔޫތު ސެންޓަރު، ހުޅުމާލެ ޔޫތު ސެންޓަރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާ، އަދި ޓްރީޓޮޕް ހޮސްޕިޓަލް ހިމެނެއެވެ.

އެޗްޕީއޭއިން އިލްތިމާސްކުރަނީ، ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކައި ގިނަބަޔަކު ވެކްސިން ޖެހުމަށެވެ. އެއީ ގިނަބަޔަކު ވެކްސިން ޖެހުމުން މިވައިރަސް ފެތުރޭ މިންވަރު ދަށްކުރެވި މިބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށްވާތީއެވެ. ރާއްޖޭގައި ދެނީ ދެ ޑޯޒް ޖަހަންޖެހޭ ކޮވިޝީލްޑް ވެކްސިނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިނަމަވެސް މާސް އަޅައިގެން ރައްކާތެރި ކަމާއެކު އުޅުމަށާއި މިހާރުވެސް އަމަލުކުރަމުން އަންނަ ގައިދުރު ކުރުމާއި އަތްދޮވުމާއި ވީވަރަކުން ގެއިން ނުނުކުމެ އުޅުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން