ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޤައުމީ އެއަރލައިންގެ މިނިވަންކަން ހިފެހެއްޓުމަށް ސައީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ މޯލްޑިވިއަންގެ މުވައްޒަފުންގެ ތެރޭގައި އުސޫލުތައް ހިފަހައްޓައި، ކުންފުނީގެ މިނިވަންކަން ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލާފައެވެ.

ސައީދު ވިދާޅުވީ ސަރުކާރުގެ ތެރެއަށް ރޯޔަލް ފެމިލީ ވަދެ، މުޅި ނިޒާމަށް ނުފޫޒު ފޯރުވުން ރައީސް ޞާލިހުގެ ސަރުކާރުން އާއްމުކަމަކަށް މިހާރު ހަދާފައިވާކަމަށެވެ.



މޯލްޑިވިއަންގެ މުވައްޒަފުންގެ ތެރޭގައި އުސޫލުތައް ހިފަހައްޓައި، ކުންފުނީގެ މިނިވަންކަން ހިފެހެއްޓުމަށް ސަރުކާރަށް ސައީދު ގޮވާލައްވާފައި މިވަނީ، މޯލްޑިވިއަންގެ ހިންގުން ބޮއްސުންލައި، ކުންފުނި ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ ދަނޑިވަޅެއްގައެވެ. އަދި މުސާރައިގެ މައްސަލައިގައި މޯލްޑިވިއަންގެ ޕައިލެޓުންތަކެއް ހަޅުތާލުކުރަމުންދާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މޯލްޑީވިއަންގެ އެމްޑީ ބަދަލުކޮށް ކުންފުނި އިސްލާހު ކުރަން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއެކު އައި އިޤުތިޞާދީ ހީނަރު ކަމުގެ ކުރީންވެސް މޯލްޑިވިއަން އަކީ ބަނގުރޫޓުވުމުގެ ބިރު އޮތް ކުންފުންޏެއް ކަން ހާމަކޮށް އެތަނުގެ ބައެއް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން