ޕީޕީއެމް އޮފީސް ހިިމެނޭ ސަރަޙައްދު ބަންދުކޮށްފައި
ޕީޕީއެމް އޮފީސް ހިިމެނޭ ސަރަޙައްދު ބަންދުކޮށްފައި
ޕީޕީއެމް އޮފީސް ހިމެނޭ ސަރަޙައްދަށް ނުވަދެވޭ ގޮތަށް ފުލުހުން އެސަރަޙައްދު ބަންދުކޮށްފިއެވެ.

ފުލުހުން ޕީޕީއެމް އޮފީސް ހިމެނޭ ސަރަޙައްދު ބަންދުކޮށްފައި މިވަނީ، އިދިކޮޅު ފަރާތްތަކުން މިއަދު މާލޭގައި މުޒާހަރާކުރަން ނިންމާފައިވަނިކޮށެވެ.

ރާއްޖޭގައި ކޯވިޑް ފެތުރެމުންދާ ގޮތުން، މިހާލަތުގައި އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ގޮތަށް އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެކަމަށް ފުލުހުން ވަނީ މީގެކުރިން އަންގާފައެވެ. ނަމަވެސް އެންގުންތަކާއި ޚިލާފަށް މީގެކުރިންވެސް އިދިކޮޅު ފަރާތްތަކުން މާލޭގައި ވަނީ މުޒާހަރާތައް ބާއްވާފައެވެ. އަދި ފުލުހުން ވަނީ އެ އެއްވުންތައް ރޫޅާވެސްލާފައެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި މިއަދު މުޒާހަރާކުރަން ނިންމާފައިވަނިކޮށް، އެޗްޕީއޭއިން ވަނީ މަގުތަކަށް އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން އެއްވެ ނޫޅެވޭނެކަން އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން