ބ. މާޅޮސް
ބ. މާޅޮސް
ބ. މާޅޮހު މޫދުގައި ކުޑަ ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު 17:50 ހާއިރު މޫދުގައި މަރުވެފައި އޮށްވާ ފެނިފައިވަނީ، ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ފެނުނީ ރަށުގެ ދެކުނު ފަރާތު ކުނިގޮނޑު އޮންނަ ސަރަހައްދުންނެވެ.

އެކުއްޖާ މޫދަށް ދިޔައީ ކޮން ބަޔަކާއެކު ކަމެއް ސާފެއް ނުވެ އެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލެއް ވެސް އަދި ނޭނގެ އެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން